މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ނުވުމުން އެންމެ ފަހުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލައި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އަންގައިފި އެވެ.

އެޗްޕީއޭ އިން ވަނީ މިއަދު މާދަމާއިން ފެށިގެން 18 މެއިގެ ނިޔަލަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޑެލިވަރީ އަދި ޓޭކްއަވޭ ޚިދުމަތް ދޭން ވަނީ އަންގައިފަ އެވެ. މީގެ އިތުރުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފެށިގެން އިންޑިއާ ހިމެނޭ ގޮތަށް ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓޫރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ވެސް ނިންމާފައިވެ އެވެ.

ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓޫރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމިއިރު، އިންޑިއާގައި ހަލުއިކަމާއެކު ކޮވިޑްގެ ނުރައްކާތެރި ވޭރިއެންޓެއް ފެތުރެމުންދާތީ އެ ގައުމުން މީހުން ރާއްޖެއަށް އެތެރެވުން މަނާކޮށް ދިނުމަށް އެދި ގިނަ ބަޔަކު ސަރުކާރަށް އާދޭސްކުރަމުން ގެންދިޔަ އެވެ.

އެޗްޕީއޭ އިން ވަނީ މާދަމާ އިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް މާލެ ސަރަޙައްދުގައި ކާފިއުގެ ވަގުތު އިތުރުކޮށް، ހަވީރު 4 ން ފަތިހު 4އާ ދެމެދު ކާފިއު ބޭރަށް ނުކުމެ އުޅުން މަނާކޮށްފަ އެވެ.

އެޗްޕީއޭ އިން ބުނީ ޕޮލިސް ޕާމިޓާއެކު މެންދަަމު 12 އާއި ހަމަޔަށް ޑެލިވަރީ ޚިދުމަތުގެ ފުރުސަތު ދޭން ނިންމާފައިވެ އެވެ. އަދި ގައިޑްލައިންއާ ޚިލާފުވާ ވިޔަފާރިތައް 24 ގަޑި އިރަށް ބަންދުކުރާނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.