ސަރުކާރު ހިންގާ މައި ކޯލިޝަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އާއި ކުރީގެ ނައިބު ރައީސް ވެރިކަން ކުރާ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް އާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެމެދު ކުރެވިފައިވާ މެސެޖްތަކެއް ލީކުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ލީކުވެފައިވާ އެ މެސެޖުތަކަކީ އެސެޓް ރިކަވަރީ ކޮމިޝަނުން އެމްއެމްޕީއާރުސީ މައްސަލަ ތަހުގީގުކޮށް ނިންމާފައިވާ ރިޕޯޓުން ލީކުވެފައިވާ މެސެޖްތަކެކެވެ.

އެ މެސެޖުތަކުގެ އިތުރަށް އެ ރިޕޯޓުގެ ބައެއް ބައިތައްވެސް ވަނީ ލީކްކޮށްފަ އެވެ. އެގޮތުން އެ ރިޕޯޓުން ލީކުވި ބައެއްގައި ބުނެފައި ވަނީ 2015 ވަނަ އަހަރުގެ އޮގަސްޓު މަހު އޭރުގެ ނައިބު ރައީސް އަދީބު އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު ގެއަށް ގޮސް އެއް މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އަދި އަދީބުގެ ފޯނުގެ ފޮރެންސިކް އެނަލިސިސް އިން އެކިފަހަރު މަތިން ފައިސާ ހޯދާފައިވާ ކަމާއި ކަނބާލިފަރު ކޮންސްޓްރަކްޝަން ލެޓާ ހޯދާފައިވާ ކަމާއި އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން ވޯޓުލަމުންދާ ގޮތް އަންގައި އަދީބު އަތުން ހޯދި ފައިސާ ބޭނުންކޮށް މެމްބަރުންނަށް ރިޝްވަތު ދިންކަން އެގެން އޮންނަ ކަމަށެވެ.

މީގެ އިތުރުން އެ މެސެޖުތަކަށް ބަލާއިރު ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއިން ލީކުވެފައިވާ މެސެޖުތަކަށް ބަލާއިރު އެމްޑީޕީ އިން މަޖިލީހުގައި ވޯޓުލާން ނިންމާފައިވާ ގޮތުގެ މައުލޫމާތު އާޒިމު ވަނީ އަދީބައް ދެއްވާފަ އެވެ. އެގޮތުން ބައެއް މެމްބަރުން ވަކި ކަންކަން ކުރަން އެއްބަސްނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ކަނބާލިފަރު ގެ ކޮންސްޓްރަކްޝަން ލެޓަރ ހޯދުމަށް ވެސް އާޒިމް ވަނީ އެދިފަ ވެ އެވެ.

ލީކުވެފައިވާ މެސެޖްތަކުގައިވާ ތާރީހުންނާއި އެ ދުވަސްވަރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން ދިޔަ ކަންކަމަށް ބަލާލުމުން މެސެޖަކީ ސައްހަ މެސެޖްތައް ކަމަށް ގަބޫލުކުރެވެ އެވެ.

ހިޔާނާތާއި ގުޅޭ ރިޕޯޓު އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވުމާއި އެކު އާޒިމް ވަނީ އެ ކޮމިޓީއިން އިސްތިއުފާ ދެއްވާފަ އެވެ. އަދި ފަހުން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވެފައިވަނީ އެ ބޭފުޅާގެ ނަން އެ ރިޕޯޓުގައި ހިމެނީ ހިޔާނާތުގެ ރިޕޯޓު އާންމު ކުރުމަށް ގޮވާލާތީ، އާންމު ކުރަން ނުކެރޭނެ ކަމަށް ހީކޮށް ކަމަށެވެ.

މިއަދުގެ ވަގުތެއްގައި އާޒިމް ވަނީ އެސެޓް ރިކަވަރީ ކޮމިޝަން ފެއިލްވެއްޖެ ކަމަށް ވެސް ވިދާޅުވެ އެ ކޮމިޝަންގެ ރައީސަށް ހިޔާނާތުގެ ތުހުމަތު ކުރައްވައިފަ އެވެ.

އެގޮތުން އާޒިމް ކުރެއްވި ތުހުމަތަކީ އެ ކޮމިޝަންގެ ރައީސް ރިޝްވަތުގެ އަމަލު ހިންގާ ކަމުގެ ތުހުމަތެވެ. ހިޔާނާތުގެ ފައިސާ ބެހީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށާއި، އަދީބާއި ސުވާލުކުރުމުން ހުރިހާ ކަމެއް ސާފުވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑަށް އޭނާ [އަސްއަދު] ރިޝްވަތު ހިފާ ވައްތަރު ވަރަށް ޖަހާ. އަޅުގަނޑުގެ ނަން ލިސްޓްގައި ހިމެނިއިރު އޭނާ މާރަނގަޅެއް ނޫންތޯ އަސްލަމް ޕްލޭނިން މިނިސްޓަރަކަށް ހުންނަވައިގެން އެ ކުރާ ކަންކަން ބެލިއްޔާ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ބެހީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް. އަދީބް އަދިވެސް ގަދަވެ ސަލާމަތުން ދުނިޔޭގައި އެބަހުންނެވި. ސުވާލުކުރަންވީ ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

ހިޔާނާތުގެ މައްސަލަ ކަމާ ގުޅޭ އިދާރާތަކުން ތަހުގީގުކޮށް ނިމުމުން އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމުގައި އާޒިމް ވިދާޅުވި އެވެ.