އެކްސިޑެންޓުވި ކާރެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނުނު މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. މަޑަވެލި، ލަގްޒަރީ، އުމުރުން 27 އަހަރުގެ ގައިސް އަބްދުﷲ އަނީސް އެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ މަސްތުވާތަކެތި ގެންގުޅެ އަދި އެތަކެތި ބޭނުންކުރުމުގެ ކުށެވެ. ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވާގޮތުން، އޭނާ ދުއްވި ކާރު އެކްސިޑެންޓުވުމާ ގުޅިގެން ބަލައިފާސްކުރިއިރު، އެ ކާރުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފަ އެވެ. މީގެ އިތުރުން، އޭނާގެ ކުޑަކަމުދާތަކެތި ތަހުލީލުކުރުމުން ވަގުތީ ނަތީޖާއިން ސީއޭޓީ އަދި އޭއެމްޕީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
ކޯޓުގެ ލިޔެކިޔުންތަކުން އެނގެން އޮންނަ ގޮތުގައި އޭނާއަކީ މީގެ ކުރިންވެސް މިފަދަ ކުށްތަކުގެ ރެކޯޑު އޮތް ފަރާތެކެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިއްޔެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ބަންދުގެ މަޖިލީހުގައި އޭނާ ވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދިފަ އެވެ. އެހެންކަމުން، ކޯޓުން ވަނީ އޭނާއަށް އެ ފުރުސަތު ފަހިކޮށްދީފަ އެވެ. އަދި ގާނޫނީ ވަކީލަކު އައްޔަނުކުރުމަށްފަހު، އަލުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހުށަހެޅުމަށް ފުލުހުންނަށް ކޯޓުން ވަނީ އަންގާފަ އެވެ.
ޕްރިންސް ހެރީއާއި މޭގަން ދަރިންނާއެކު އިނގިރޭސި ވިލާތަށް؟
އީރާނުން ހޮރްމޫޒް ކަނޑުއޮޅި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި
