ކޮވިޑް ޖެހިގެން އިތުރު މީހަކު މިރޭ މަރުވެއްޖެ އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި މިރޭ މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުން ދިޔަ 81 އަހަރުގެ ފިރިހެނެކެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 95 ވަނަ މީހާ އެވެ.

ދުވާލެއްގެ މައްޗަށް ކޮވިޑުގައި މަރުވާ މީހުން އިތުރުވަމުން އަންނަ އިރު ހޮސްޕިޓަލް ތަކުގައި އެޑްމިޓުކޮށް ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު މިވަނީ 259 އަރާފަ އެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ.

މި މަހުގެ ތެރޭގައި ގިނަ އަދަދެއްގެ މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފަ އެވެ.

ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މި ބަލި ޖެހިފައިވާ 260 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ.