ބޮލީވުޑްގެ އެންމެ ތާޒާ ޖޯޑު ކަމަށްވާ އަހާން ޕާންޑޭއާއި އަނީތު ޕައްޑާގެ ގުޅުމާ މެދު އަނެއްކާވެސް ފޭނުންގެ މެދުގައި ބަހުސްތަކެއް ފެށިއްޖެ އެވެ.
ކާމިޔާބު ފިލްމު "ސައްޔާރާ"ގައި އެކުގައި މަސައްކަތްކޮށް، ބެލުންތެރިންގެ ހިތްތައް އަތުލާފައިވާ މި ދެ ތަރިންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ މީހުން ކަމަށް ބުނެ މީގެ ކުރިންވެސް ވަރަށް ގިނަ ވާހަކަތައް ދެކެވިފައިވެ އެވެ. ނަމަވެސް އެ މީހުން ވަނީ އެއީ ހަމައެކަނި ގާތް ރަހުމަތްތެރިން ކަމަށް ބުނެފަ އެވެ.
އެންމެ ފަހުން އަނީތު އިންސްޓަގްރާމްގައި ހިއްސާކުރި ޗުއްޓީގެ ފޮޓޯތަކަކާއި، އަހާންގެ މަންމަ ޑީން ޕާންޑޭ ޖުލައި މަހު އަހާންއާއެކު އިނގިރޭސިވިލާތުގެ ޕެންރިތް، ކަމްބްރިއާއަށް ކުރި ދަތުރެއްގައި ހިއްސާކޮށްފައިވާ ފޮޓޯތަކާ ދެމެދު އެއްގޮތް ކަންތައްތަކެއް ފާހަގަ ކުރެވެ އެވެ.
ފޭނުން ފާހަގަކުރި ގޮތުގައި، އަނީތުގެ ފޮޓޯތަކުގައި ފެންނަ ޖަނަވާރުތަކާއި (ވަކިން ހާއްސަކޮށް ގެރިތައް)، އޭނާ ހިފަހައްޓައިގެން ހުރި މާބޮޑިއާއި އަދި ކާން އިން ރެސްޓޯރެންޓަކީ ޑީންގެ ފޮޓޯތަކުން ފެނުނު ތަންތަނާ އެއްގޮތް ތަންތަނެވެ.
މިއާއެކު ފޭނުން ލަފާކުރާ ގޮތުގައި މި ދަތުރުގައި އަހާން އާއި އަނީތު ބައިވެރި ވެފައިވަނީ އެކުގަ އެވެ. އެއާއެކު އަނީތުގެ ފޮޓޯތައް ނަގައިދިނީ އަހާން ކަމަށްވެސް ބައެއް ފޭނުން ވަނީ ލަފާކޮށްފަ އެވެ.
މި ކަމާ ގުޅިގެން ރެޑިޓް އަދި ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތަކުގައި ފޭނުން ދަނީ ހޫނު ބަހުސްތައް ކުރަމުންނެވެ. ބައެއް ފޭނުން ބުނާ ގޮތުގައި މި ދެމީހުން މިހާރު އެ މީހުންގެ ގުޅުން ސިއްރު ކުރަން އުޅުނު ނަމަވެސް، ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޓޮމް ހޮލެންޑާއި ޒެންޑޭޔާ ފަދައިން ވަރަށް ސިއްރުން ނަމަވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މިހާރު ވަނީ ޔަގީންވެފަ އެވެ.
މީގެ ކުރިން ދިން އިންޓަވިއުއެއްގައި އަހާން ބުނެފައިވަނީ އަނީތުއަކީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމަށާއި، އިންޓަނެޓުގައި ކޮންމެ އެއްޗެއް ދެއްކި ނަމަވެސް އެމީހުން ލޯބީގެ ގޮތުން ނުގުޅޭ ކަމަށެވެ.
ނަމަވެސް އެމީހުންގެ މެދުގައި އޮންނަ ގުޅުމަކީ ވަރަށް ޚާއްސަ އަދި އެކަކު އަނެކަކަށް ރައްކާތެރިކަން އިހްސާސް ކޮށްދޭ ގުޅުމެއް ކަމަށް އޭނާ ފާހަގަ ކޮށްފައިވެ އެވެ.
އަހާން އާއި އަނީތުގެ ކުރިއަށްހުރި ހުރި ފިލްމުތަކަށް ބަލާއިރު، އަނީތު ދެން އެންމެ އަވަހަށް ފެނިގެންދާނީ މަޑޮކް ފިލްމްސްގެ "ޝަކްތީ ޝާލިނީ" އިންނެވެ. އަހާން ފެނިގެންދާނީ ޔާޝް ރާޖް ފިލްމްސްގެ އެކްޝަން-ރޮމޭންސް ފިލްމަކުންނެވެ.
މީގެ އިތުރުން، މި ދެ ތަރިން އެކުގައި "ސައްޔާރާ" ގެ ޑައިރެކްޓަރު މޯހިތު ސޫރީއާއެކު އާ ރޮމެންޓިކް ޑްރާމާއެއްގައި އަލުން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ކްލޯއީ އެކްޓިންގެ ދާއިރާއިން ދުވަހަކު ވެސް ފެނިދާނެތަ؟
ޑޮލަރު އާމްދަނީގެ %40 މާރުކުރަން މަޖުބޫރު ކުރާ ބިލު ފާސްކޮށްފި
ކުޑަކޮށް އަނދާފައި ހުންނަ ކާބޯތަކެތި ކެއުން ރައްކާތެރި ތަ؟