ދިއްލީ (28 މެއި)- އިންޑިއާގެ ނިއުދިއްލީއިން ފުރައިގެން އެމެރިކާގެ ނެވާކްއަށް ދަތުރު ކުރަމުން ދިޔަ އެއާ އިންޑިއާގެ މަތިންދާ ބޯޓެއްގައި ވާލެއް އުދުހޭތީ އަނބުރާ ދިއްލީ އެއާޕޯޓަށް ޖައްސަން ޖެހިއްޖެ އެވެ.

އެމެރިކާގެ ނެވާކްއަށް ދިއުމަށް ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން ބޯޓު ނައްޓާލީ ދަންވަރު ޝެޑިއުލް އާ އެއްގޮތަށް ދަންވަރު 2:00 ގަ އެވެ. ބޯޓުގައި ވާލެއް އުދުހޭކަން އެނގުނީ ވައިގެ ތެރޭގައި 30 މިނެޓް ދަތުރުކުރި ފަހުންނެވެ.

ވާ ފެނުމާއެކު ފްލައިޓްގެ ކެޕްޓަން ވަނީ އަނބުރާ ދިއްލީ އެއާޕޯޓަށް ޖައްސަން ނިންމައި އެގޮތުގެ މަތިން އަމަލު ކޮށްފަ އެވެ.

https://youtu.be/TE21FrCmea8

ދިއްލީ އެއާޕޯޓަށް 3:55 ހާއިރު ބޯޓު ޖެއްސުމާއެކު ވައިލްޑް ލައިފް މުވައްޒަފުން ވަނީ ބޯޓުން ވާ ބޭރު ކުރުމަށް މަސައްކަތް ފަށާފަ އެވެ. އަދި ފްލައިޓްގެ ކެބިން ޑިސްއިންފެކްޓް ކުރުމަށްފަހު މަރުވެފައިވާ ވާލެއް ވަނީ ބޯޓުން ނެރެފަ އެވެ.

މި ފްލައިޓްއަކީ އެއާ އިންޑިއާގެ ޕަސެންޖާ ފްލައިޓަކެވެ. އަދި މި ހާދިސާގައި އެއްވެސް ފަސެންޖަރަކަށް ނުވަތަ ކެބިން ކްރޫއަކަށް އަނިޔާވެފައެއް ނުވެ އެވެ. –-އެއާ ލައިވް