ގިނަ ބައެއްގެ ކަންބޮޑުވުންތަކާ އެކު އެންމެފަހުން މާލޭގެ މިސްކިތްތަކުގައި ވަކިން ނަމާދު ކުރަން ހުއްދަދީފި އެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ގައިދުރުކަމެއް ނެތި މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރާތީ، އާންމު މަސްލަހަތަށް ރިއާޔަތްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދުކުރަން ނިންމި ކަމަށެވެ.
އެހެން ނަމަވެސް ބައެއް އާންމު ފަރާތްތަކުން ހާއްސަ ހާލަތްތަކުގައި މިސްކިތްތައް ބޭނުންކުރަމުންދާތީ މާލެ ސަރަހައްދުގައި ހިމެނޭ 40 މިސްކިތުގެ ތެރެއިން 37 މިސްކިތުގައި ނަމާދު ކުރުމާއި ފާހާނާ ކުރުމާއި ވުޟޫ ކުރެވޭނެ އިންތިޒާ މިހާރުވެސް ހަމަޖައްސައިދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މާލޭގެ މިސްކިތްތަކުގައި ވަކިން ނަމާދުކުރި ބައެއް މީހުން ދާދިފަހުން ޖޫރިމަނާކޮށްފައިވެ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
މި ހާލަތުގައިވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގުރުއާން ކިޔެވުމަށާއި އިސްތިއުފާރު ކުރުމަށާއި ބަލިމަޑުކަމުން ސަލާމަތް ކޮށްދިނުން އެދި ގިނައިން ދުއާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފަ އެވެ.
އަހަންނަކީ ފަޚުރުވެރި މުސްލިމެއް: އާމިރު ޚާން
ފްރިޖުން ނުބައި ވަސް ދުވަނީތަ؟ މިކަންކަން ކޮށްލާ!
ގިގީ ދެކެ ހަގީގީ ލޯބި ނުވާ ކަމަށް ޒޭން އެއްބަސްވެއްޖެ
