ކޮވިޑް ޖެހިގެން ރާއްޖެއިން މިއަދު ތިން މީހަކު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު އެންމެ ފުރަތަމަ މަރުވީ ރޭ 12:48 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 62 އަހަރުގެ ފިރިހެނެެއް ކަމަށެވެ.
އެއަށްފަހު ފަތިހު 5:30 ގައި ގދ. ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 88 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ތިން ވަނަ މީހާ މަރުވީ މިރޭ 10:53 ގަ އެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 63 އަހަރުގެ ފިރިހެނެކެވެ.
މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 174 އަށް އަރާފަ އެވެ.
ކޮވިޑް ޖެހިގެން މި މަހުގެ މިހާތަނަށް 10 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދި މިދިޔަ މަހު 85 އަށް ވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައިވެ އެވެ.

އެއާޕޯޓުން ޑޮލަރު ފޭރުނު 8 މީހަކަށް ދައުވާ ކޮށްފި
ހަނގުރާމައަށް 11 ދުވަސް: އީރާނުގެ ރައްދު ހަމަލާތައް ވަރުގަދަ
ޒަހަމްވި ނަމަވެސް މޮޖްތަބާ ހާމަނާއީ މަސައްކަތުގައި އުޅުއްވާ
