ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ބޮލީވުޑް އަދި ހޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. މި ދެ ތަރިންނަކީ އަބަދުވެސް ވަރަށް ހާމަކަންބޮޑު ކޮށް އެކަކު އަނެކަކު ދެކެ ވާ ލޯބި ސޯޝަލް މީޑިއާގައި ހާމަކުރާ ދެ ތަރިންކަން ފާހަގަކުރެވެ އެވެ.

ޕްރިޔަންކާ މިވަނީ ދާދިފަހުން އޭނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ލިޔެ ނެރޭ ފޮތުގެ ބޭރުގަނޑު އާންމުކޮށްފަ އެވެ. "އަންފިނިޝްޑް" ގެ ނަމުގައި ނެރޭ މިފޮތާ ބެހޭ މަޢުލޫމާތު މީގެ ކުރިންވެސް "ހުރިހާ" އިން ގެނެސްދީފައިވާނެ އެވެ. މި ފޮތް ނެރުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުގަ އެވެ.

ޕްރިޔަންކާގެ ހަޔާތުގެ މައްޗަށް ނެރޭ ފޮތުގެ ބޭރުގަނޑު

މި ފޮތުގެ ބޭރުގަނޑާއި އެކު ނިކް ކުރި އިންސްޓަގްރާމް ޕޯސްޓެއްގަައި ވަނީ އޮޓޯގްރާފަކާއި އެކީ މި ފޮތް އޭނާ އަށް ލިބިދާނެތޯ އަންހެނުން ޕްރިޔަންކާއާއި ސުވާލުކޮށްފަ އެވެ. "އަންހެނުންނާއި މެދު ފަހުރުވެރިވޭ، އެންމެންވެސް އަހަރެންގެ އަންހެނުންގެ ލިޔުނު މި ފޮތް ޕްރީއޯޑާ ކުރުން އެދެން،" އެ ޕޯސްޓުގައި އިތުރަށް ލިޔެފައިވެ އެވެ.

މި ޕޯސްޓަށް ރިޕްލައިކޮށް ޕްރިޔަންކާ ކުރި ކޮމެންޓުގައި ވަނީ އޮޓޯގްރާފާއި އެކު އޭނާގެ ފޮތް ލިބޭނީ ނިކްގެ އޮޓޯގްރާފާއި އެކީ "ބްލަޑް"ފޮތް ލިބުނީމަ އެވެ. "ބްލަޑް" އަކީ ޖޯނަސް ބެއިންގެ ހަޔާތުގެ މައްޗަށް ލިޔެ ނެރުމަށް ހަމަޖެހިފައިވާ ފޮތެކެވެ.

ކިހާ ލޯބި ދޯ އެވެ؟