އިންޑިއާގައި "ފްލައި ސިންގް" ނަމުން މަޝްހޫރުވެފައިވާ ދުވުންތެރިޔާ މިލްޚާ ސިންގް މިއަދު މަރުވެއްޖެ އެވެ.
ދުވުމުގެ ދާއިރާއިން އިންޑިއާއަށް ރަންވަނަތަކެއް ހޯދައިދީފައިވާ މިލްޚާ ސިންގް މަރުވިއިރު އޭނާގެ އުމުރަކީ 91 އަހަރެވެ.
މިލްޚާ ސިންގް މަރުވި ހަބަރާއެކު އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިލްޚާ ސިންގަކީ އިންޑިއާގެ އެތައް ރައްޔިތެއްގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ފަރާތެއް ކަމަށާއި މިލްޚާ ސިންގްގެ ވަކިވެ ދިއުމަކީ ގައުމަށް ލިބުނު ދެރައެއް ކަމަށެވެ.
މިލްޚާ ސިންގް މަރުވެފައިވާއިރު މި ފަހުން އިންޑީއާގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެގެން ދިޔައިރު އޭނާއަށް ވެސް ކޮވިޑު ޖެހުނެވެ. ނަމަވެސް އޭނާ މަރުވީ ބަލިން ރަނގަޅުވެ، ގެއަށް ބަދަލުކުރި ފަހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އިންޑިއާގެ އެންމެ ބާރު ދުވުންތެރިޔާ މިލްޚާ ސިންގްގެ މައްޗަށް ވަނީ ފިލްމެއް އުފައްދާ 2013 ވަނަ އަހަރު ނެރެފަ އެވެ.
ފަރްޙާން އަޚްތަރުގެ އެކްޓްކޮށްފައިވާ ބޮސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި މިފްލުމަކީ ބާގް މިލްޚާ ބާގް އެވެ
އެވެންޖާސް: ޑޫމްސްޑޭއަށް މިހާރު ވެސް ބޮޑު ކާމިޔާބެއް!
އެންމެ ބޮޑު ޤުރުއާން މުބާރާތުގެ 4 ވަނަ ދިވެހި ދަރިވަރަކަށް
އެފްޑީސީއަށް 3 ވަނަ ޑީއެމްޑީއަކު ހަމަޖައްސައިފި
