ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން މަޖިލީހުގައި ކުރިއަށް ގެންދާ އިންކުއިރީއަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކޮށްފި އެވެ.

މަޖިލީހުގެ 241 ކޮމިޓީއިން ކުރިއަށް ގެންދާ އިންކުއަރީއަށް މިނިސްޓަރު އިމްރާން މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށްފަ އެވެ.

މިއިންކުއަރީ މަޖިލީހުގައި ކުރިއަށް ގެންދަނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ފޫއަޅުވައިލެވުނު ގޮތް ދެނެގަތުމަށް ހިންގާ އިންކުއިރީއެކެވެ.

މިއަދު އެ އިންކުއިރީއަށް މިނިސްޓަރު އިމްރާން ހާޒިރުކޮށްފައިވާއިރު މީގެ ކުރިން ފުލުހުންގެ އިސްވެރިންގެ ތެރެއިން އެކި ގިންތީގެ ބޭފުޅުން މަޖިލީހަށް ހާޒިރުކޮށްފައިވެ އެވެ. އަދި ސިފައިންގެ އިސްވެރިން ވެސް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްފައިވެ އެވެ.

މީގެ އިތުރުން ސަރުކާރުގެ އެހެނި އެހެން މުއައްސަސާތަކުގެ ވެރިންވެސް މަޖިލީހުގެ އިންކުއިރީއަށް ހާޒިރުކޮށްފައިވެ އެވެ. އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރާއި އެހެން ވެރިން ވެސް މި އިންކުއިރީއަށް ހާޒިރުކޮށްފައިވެ އެވެ.