ޖޭމްސް މިޝައެލް ޓައިލާއަކީ މަޝްހޫރު ސީރީޒްއެއް ކަމަށްވާ "ފްރެންޑްސް"ގައި ގުންތާގެ ރޯލުން ފެނިގެންދިޔަ އެކްޓަރެވެ. ދާދި ފަހުން "ފްރެންޑްސް ރީޔޫނިއަން" ނެރެފައިވާ އިރު ޖޭމްސް ފެނިފައެއް ނުވެ އެވެ.
ޖޭމްސް މިވަނީ އޭނާ "ފްރެންޑްސް ރީޔޫނިއަން" އިން ފެނިގެން ނުދިޔަ ސަބަބު އާންމުންނާ ހިއްސާކޮށްފަ އެވެ. އޭނާ ހާމަކޮށްފައިވާ ގޮތުގައި ޝޯގައި ބައިވެރިވި ނުވެވުނީ އޭނާގެ ބަލިހާލަތުގެ ސަބަބުންނެވެ. ޖޭމްސް އިތުރަށް ބުނެފައިވާ ގޮތުގައި އޭނާ އަންނަނީ ސެޕްޓެމްބަރު 2018 އިން ފެށިގެން ކެންސަރުގެ ސްޓޭޖް ހަތަރަކަށް ފަރުވާ ހޯދަމުންނެވެ.
އުމުރުން 59 އަހަރުގެ ޖޭމްސް މަޝްހޫރުވެފައި ވަނީ ފްރެންޑްސްގެ 10 ސީޒަންގައި އޭނާ ދައްކާފައިވާ މޮޅު އެކްޓިން ސަބަބުންނެވެ.
ޖޭމްސް އިތުރަށް ބުނެފައިވާ ގޮތުގައި އޭނާ "ފްރެންޑްސް ރީޔޫނިއަން" ގައި ހާއްސަ ފެނިލުމަކުން ފެނިލަން މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާގެ ސިއްހީ ހާލަތު އެކަމަށް ތަން ނުދިނުމުގެ ސަބަބުން ވާޗުއަލް ޒޫމް ކޯލެއްގެ ޒަރީއާއިން ޝޯގައި ބައިވެރިވެފައިވާ ވާނެ ކަމަށް އޭނާ ބުންޏެވެ. ވާޗުއަލްކޮށް ނަމަވެސް ޝޯގައި ބައިވެރިވެވުމުން ޖޭމްސް ހުރީ ވަރަށް އުފަލުންނެވެ.
 14 މީހަކަށް ޒަކާތު ފަންޑުން ފްލެޓް ޑައުންޕޭމަންޓު ދައްކައިދެނީ
			14 މީހަކަށް ޒަކާތު ފަންޑުން ފްލެޓް ޑައުންޕޭމަންޓު ދައްކައިދެނީ
		 މާބަނޑު ދުވަސްވަރު ކެއިންބުއިމުގައި މިކަންކަމަށް ސަމާލުވޭ!
			މާބަނޑު ދުވަސްވަރު ކެއިންބުއިމުގައި މިކަންކަމަށް ސަމާލުވޭ!
		 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
			އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					