ލޮސް އެންޖަލަސް (24 ޖޫން) - އެމެރިކާގެ ކުރީގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސްގެ ބެލެނިވެރިކަން ބައްޕަގެ ފަރާތުން ނަގައިދިނުމަށް އޭނާ ގާޒީގެ ކިބައިން އެދިއްޖެ އެވެ.

ބައްޕައަށް ބްރިޓްނީގެ ބެލެނިވެރިކަން ލިބުނީ 2006 ވަނަ އަހަރު ކެވިން ފެޑާލައިން ކައިރިން ވަރިވެ، ދަރިންގެ ބަލަދުވެރިކަން ގެއްލުމާއެކު ބްރިޓްނީއަށް ކުރިމަތިވި ނަފްސާނީ މައްސަލަތަކާ ހެދި އެވެ.

މި ބެލެނިވެރިކަމުގެ ދަށުން ބްރިޓްނީގެ ހުރިހާ ކަމެއް ބެލުމުގެ ހައްގު އޭނާގެ ބައްޕައަށް ލިބިދެ އެވެ. އޭގެ ތެރޭގައި އޭނާގެ މާލިއްޔަތު ވެސް ހިމެނެ އެވެ.

އުމުރުން 39 އަހަރުގެ ބްރިޓްނީ ބުނިގޮތުގައި އެކަމުގެ ސަބަބުން އޭނާއަށް ވަނީ ނަފްސާނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

"އަހަރެން މި އުޅެނީ އުފަލުގަ އެއް ނޫން. އަހަރެން ބޭނުން ބަދަލެއް. އަހަންނަށް ބަދަލު ލިބުން ހައްގު،" ޝަރީއަތުގައި ބްރިޓްނީ ބުނެފައިވެ އެވެ.

ބްރިޓްނީގެ ބެލެނިވެރިކަން 2008 އިން ފެށިގެން އޭނާގެ ބައްޕަ ބަލަމުން އަންނަ އިރު މަދުން ނޫނީ އެކަމުގެ ވާހަކަ ބްރިޓްނީ ދައްކާފައެއް ނުވެ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް