އިންޑިއަން ޓީވީ އެކްޓްރެސް އާއި ލަވަކިޔުންތެރިޔާ ރާހުލް ވެއިދްޔަ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކަކަށް ފަހު އެ މީހުން މިވަނީ ކައިވެނި ކުރާނެ ތާރީޚު އިއުލާންކޮށްފަ އެވެ.
މި ދެ ފަންނާނުން ކައިވެނިކުރަން ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
ކައިވެނީގެ ތާރީޚު އިއުލާން ކުރުމަށް ދިޝާ އަދި ރާހުލް ވަނީ އެމީހުންގެ އިންސްޓަގްރާމް އެކައުންޓްގައި މިއަދު ހެނދުނު ކައިވެނީގެ އިންވިޓޭޝަން ކާޑް ހިއްސާކޮށްފަ އެވެ. މިއާއި ގުޅިގެން އިންޑިއަން ޓެލެވިޒަން ގެ ގިނަ ފަންނާނުންތަކެއް އަންނަނީ މި ދެ ތަރިންނަށް ތަހުނިޔާ ކިޔަމުންނެވެ،
ދިޝާ އާއި ރާހުލް މީގެ ކުރިންވެސް ވަރަށް ގިނައިން އެކުގައި ވަގުތު ހޭދަކޮށް، އިވެންޓް ތަކަށް ގޮސް ހެދިއެވެ. ނަމަވެސް އޭރު އެމީހުން ގެ ގުޅުން ވަނީ ސިއްރުކުރެވިފަ އެވެ. ރާހުލް ވެއިދްޔަ ދިޝާ އަށް ކައިވެނި ހުށަހަޅާފައި ވަނީ ނިމިދިޔަ ބިގް ބޮސް ސީޒަން 14 ގައި އޭނާ ހޭދަ ކުރި ދުވަސްތަކުގެ ތެރޭގައި ހިންގި ހަރަކާތެއްގެ ތެރެއިންނެވެ. ރާހުލް ވަނީ ދިޝާގެ އުފަންދުވަހު ހުދު ކުލައިގެ ޓީޝާޓެއް ލައިގެން އެ ޓީޝާޓުގައި "މެރީ މީ" ޖަހާ އިންޑިޔާގެ ނެޝަނަލް ޓެލެވިޒަން ގައި ދިޝާއަށް ކައިވެނި ހުށަހަޅާފަ އެވެ.
ކައިވެންޏާ ގުޅޭގޮތުން އިންޑިޔާގެ މީޑިއާ އަކަށް މައުލޫމާތު ދެމުން ދިޝާ އަދި ރާހުލް ހާމަކޮށްފައިވާ ގޮތުގައި އެ ދެމީހުން ވެސް ބޭނުންވަނީ ދެމީހުން ގެ އާއިލާ އަދި ގާތް ރަހްމަތްތެރިންގެ ހާޒިރުގައި ކުޑަ ހަފްލާއެއްގައި ކައިވެނި ކުރުމަށެވެ.