ސޮނީ އެންޓަޓެއިންމަންޓްއިން ދައްކާ ކޮމެޑިއަން އެކްޓަރު ކަޕިލް ޝަރްމާގެ ކޮމެޑީ ޝޯ "ދި ކަޕިލް ޝަރްމާ ޝޯ" މުޅިން އައު އެޕިސޯޑްތަކަކާއެކު ފަށަން އުޅޭކަމުގެ އިޝާރާތްތައްވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ނަމަވެސް އެ ޝޯ ފަށާނެ ސީދާ ދުވަހެއް ނުބުނެ އެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތަކުން ބުނިގޮތުގައި ކަޕިލް ޝަރްމާ ޝޯ ނުފެށި ލަސްވަމުންދަނީ ކަޕިލް އަދި ޝޯގެ އިތުރު ބައިވެރިން އެޕިސޯޑަކަށް މާގިނަ ލާރި ދިނުމަށް ޑިމާންޑް ކުރާތީ އެވެ. މިކަމުގެ ސަބަބުން ޝޯގެ ބައިވެރިންނާއި ޕްރޮގްރާމް ގެންނަން ހަމަޖެހިފައިވާ ޗެނެލާ ދެމެދު ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައިކަން ވެސް ވަނީ ހާމަވެފަ އެވެ.

މި އަހަރުގެ ޖެނުއަރީ މަހު މި ޝޯ މެދުކަނޑާލަން ޖެހުނު ސަބަބަކީ ހަލުވިކަމާއެކު ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް ރޯގާ އިންޑިއާގައި ހަލުއިކަމާއެކު ފެތުރެން ފެށުމުންނެވެ. އަދި ޝޯގެ ހޯސްޓް ކަޕިލް ޝަރްމާއަށް ދެވަނަ ދަރިފުޅަކު ލިބުމާ ގުޅިގެންކަމަށް ބުނެފައިވެ އެވެ.