2014 ވަނަ އަހަރު ނުކުތް މަޝްހޫރު ފިލްމު "އެކް ވިލަން"ގެ ސީކުއެލްއެއް ކަމަށްވާ "އެކް ވިލަން ރިޓާންސް"ގެ ޝޫޓިންތައް އަލުން ފަށައިފި އެވެ.

"އެކް ވިލަން ރިޓާންސް"ގެ ޝޫޓިންތައް މެދުކެނޑިފައި އޮތީ އިންޑިޔާގެ ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން އަޅާފައި ހުރި ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ފިލްމުގެ ޝޫޓިންތައް އަލުން ފެށިކަން އިއުލާން ކޮށްފައިވަނީ ފިލްމުގެ ބައިވެރިއެއް ކަމަށްވާ ތާރާ ސުތާރިއާ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ.

އަރްޖުން ކަޕޫރު އަދި ތާރާ ސުތާރިއާ ފެނިގެންދާ މި ސީކުއެލްގައި މިއީ އަރްޖުން އަދި ތާރާ އާއެކު ކުރެވޭ ތިންވަނަ ޝެޑިއުލްކަން ފާހަގަކޮށްލެވެ އެވެ.

ފިލްމުގެ ފުރަތަމަ ޝެޑިއުލް ވަނީ ފިލްމުގެ އިތުރު ބައިވެރިން ކަމަށްވާ ޖޯން އަބްރަހަމް އަދި ދިޝާ ޕަޓާނީއާއެކު ޝޫޓްކޮށް ނިންމާލުމަށެވެ.

އިންޑިޔާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ޑައިރެކްޓަރު ބުނިގޮތުގައި މިހާރު ވެސް "އެކް ވިލަން"އަށް އާންމުންގެ ފަރާތުން ލިބެގެންދާ ތަރުހީބު ފެނި ބޮޑު ހިތްހަމަޖެހުމެށް ލިބެ އެވެ. އަދި އޭނާ ގަބޫލުކުރާ ގޮތުގައި "އެކް ވިލަން ރިޓާންސް" އަށް އެއަށްވުރެ ބޮޑު ތަރުހީބެއް ލިބޭނެ އެވެ.

"އެކް ވިލަން ރިޓާންސް" ރިލީޒް ކުރަން ހަމަޖެހިފައިވަނީ ފެބްރުއަރީ11، 2022 ގަ އެވެ.