މީގެ ހަތަރު އަހަރު ކުރިން، ނުކުތް ތަމަޅަ ސުޕަހިޓް ފިލްމް "ވިކްރަމް ވޭދާ"ގެ ހިންދީ ރިމޭކެއް ހަދަން ނިންމައިފި އެވެ.

ތަމަޅަ ބިރުވެރި ފިލްމު "ވިކްރަމް ވޭދާ"ގެ ހެދުމަށް ނިންމާފައިވާ ކަން އިއުލާނުކޮށްފައި ވަނީ އިންޑިއާގެ ފިލްމު ކްރިޓިކް އަދި ޓްރޭޑް އެނަލިސްޓް ތަރަން އާދަރްސް އެވެ.

އޭނާ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ "ވިކްރަމް ވޭދާ" ރީމޭކްގައި ފެނިގެންދާނީ ރިތިކް ރޯޝަން އަދި ސައިފް އަލީ ޚާން ކަމަށެވެ.

"ވިކްރަމް ވޭދާ"ގެ ހިންދީ ފިލްމުވެސް ލިޔެ ޑައިރެކްޓް ކުރަނީ 2017 ވަނަ އަހަރު ނުކުތް ތަމަޅަ ފިލްމު ވެސް ޑައިރެކްޓްކުރި ޕުސްކަރު އަދި ގައިދުރީ އެވެ.

ނީރަޒް ޕާޑޭ ޕްރޮޑިއުސްކުރާ މިފިލްމުގައި ސައިފް އާއި ރިތިކް ފެނިގެން މިދަނީ ނަވާރަ އަހަރު ފަހުންނެވެ. މީގެ ކުރިން މި ދެ ފަންނާނުން ފެނިފައި ވަނީ ފިލްމް "ނަ ތުމް ޖާނޫ ނަ ހަމް" އިންނެވެ.

"ވިކްރަމް ވޭދާ" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ރިލީޒްކުރަން ވަނީ ނިންމާފަ އެވެ.

ރިތިކް ރޯޝަން މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު "ފައިޓަރ" ވެސް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. މިއާއެކު އަންނަ އަހަރުގެ ސެޕްޓެމްބަރު މަސްވެގެންދާނީ ރިތިކްގެ ސަޕޯޓަރުންނަށް އުފާވެރި މަހަކަށެވެ.

ސައިފް "ބޫތު ޕޮލިސް" ގައި މަސައްކަތް ކުރަމުން އަންނައިރު އެހެން ފިލްމުތަކުގެވެސް އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.