އޮލިމްޕިކްގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް އެސްޓީއޯއިން، "މުލާ" އުފެއްދުންތައް ހަދިޔާކޮށްފި އެވެ.
އެސްޓީއޯގެ ފަރާތުން މި ތަކެތި އޮލިމްޕިކް ކޮމިޓީއާ ހަވާލުކޮށްދެއްވީ އެސްޓީއޯ މެޑިކަލް ސާވިސްގެ ޖެނެރަލް މެނޭޖަރު ހުސައިން ރާއިދް މުހައްމަދު އެވެ.
"މުލާ" ބްރޭންޑުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެ ކުރަނީ އެސްޓީއޯއިންނެވެ.
މި ބްރޭންޑުގެ އުފެއްދުންތައް އެސްޓީއޯގެ ބޭސް ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުންޏެވެ.
"މުލާ"ގެ އަކީ ކުޅިވަރު ކުޅުންތެރިންގެ މެދުގައި މަގުބޫލު ބްރޭންޑެކެވެ. މަތީ ފަންތީގެ ފާމަސޫޓިކަލް ބްރޭންޑެއް ކަމަށްވާ މުލާގެ އުފެއްދުންތަކުގެ ތެރޭގައި ހުޅުގާޑާއި ބޭންޑާއިޓޭޕް އަދި އެހެނިހެން ސާމާނު ހިމެނެ އެވެ.
ޓޮމް ކްރޫޒް މިފަހަރު ފެނުނީ ތަފާތު ގޮތަކަށް!
އަބަދުވެސް ރަނގަޅު މައިބަފައިންނަށް ވެވޭތޯ ބަލަން: ވިކްޓޯރިއާ
"ހަނގުރާމަ ކުރަން އަވަހަށް އާދޭ، އަހަރެމެން މިތިބީ ތައްޔާރަށް"
