އީޝާ ޑިއޯލް ދިހަ އަހަރުގެ މެދުކެނޑުމަށް ފަހު ބޮލީވުޑަށް އެނބުރި އަންނަ ފިލްމު "އެކް ދުއާ" މިމަހު 26 ގައި ނެރުމަށް ނިންމައިފި އެވެ.
އީޝާ ޑިއޯލް އެބުރި އަންނަ ފިލްމުގެ "އެކް ދުއާ"ގެ ޓްރެއިލާ އޭނާގެ ސޯޝަލް މީޑިއާގައި ވަނީ ހިއްސާ ކޮށްފަ އެވެ. ޓްރެއިލާ ހިއްސާ ކުރަމުން އީޝާ ޑިއޯލް ބުނެފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އޭނާގެ "އެކް ދުއާ" ވޫޓް ސެލެކްޓުގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މިފިލްމަށްވެސް ކުރިން ލިބުނު ލޯބި ބެލުންތެރިނާއި ސަޕޯޓަރުންގެ ފަރާތުން ލިބޭނެ ކަމަށް އުއްމީދު ކުރަން" އީޝާ ބުންޏެވެ.
މިފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ދާދި ފަހުން ލޯންޗްކުރި އީޝާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްގެ ދަށުން އީޝާ އެވެ.
އީޝާ އެންމެ ފަހުން ފެނިފައި ވަނީ 2011 ވަނަ އަހަރު ނުކުތް ފިލްމު "ޓެލްމީ އޯ ޚުދާ" އިންނެވެ. އީޝާ ވަނީ ގިނަ އަދަދެއްގެ ބޮލީވުޑް ފިލްމުގެ އިތުރުން ޓަމިލް، ޓެލެގޫ އަދި ކަންނަޑާ ފިލްމު ތަކުން ވެސް ފެނިފަ އެވެ.
އޭނާ ބޮލީވުޑަށް ތައާރަފްވި ފިލްމު "ކޮއި މެރެ ދިލްސެ ޕޫޗޭ" އިން ފިލްމު ފެއާ އެވޯޑް އީޝާ ވަނީ ލިބިފަ އެވެ.
އީޝާ ފެނިގެންދިޔަ ބައެއް ބޮލީވުޑް ފިލްމުތަކަށް ބަލާއިރު "ޝާދީ ނަންބަރު 1"، "ކޭޝް" ،"ނޯ އެންޓުރީ"، "ދަސް" އަދި "ދޫމް" ފަދަ ފިލްމުތައް ހިމެނެ އެވެ. އީޝާގެ ކުރިއަށް ދެން ފެނިގެންދާނީ ވެބް ސީރީޒް ރުދްރައިންނެވެ.
 އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ
			އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ
		 ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
			ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
		 މާލެއިން ހިލޭ ގޯތި ދިނުމުން މެންބަރު ހުސެންބެގެ ކަންބޮޑުވުން
			މާލެއިން ހިލޭ ގޯތި ދިނުމުން މެންބަރު ހުސެންބެގެ ކަންބޮޑުވުން
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					