މަޝްހޫރު ފިލްމު ޑައިރެކްޓަރު އަނިރުދާ ރޯއި ޗޯދްރީ ޑައިރެކްޓްކޮށް އުފައްދާ ފިލްމު "ލޮސްޓް"ގެ ޝޫޓިންތައް ފަށައިފި އެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ތަރިއަކީ އެކްޓަރު ޔަމީ ގޯތަމް އެވެ. ޝޫޓިންތައް ފެށިކަން ހާމަކޮށްފައިވަނީ ޔަމީ ގޯތަމް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ.

https://www.instagram.com/p/CRv_dMJMj4b/?utm_medium=copy_link

މި ފިލްމަކީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ޔަމީ ގޯތަމް ފެނިގެންދަނީ ކްރައިމް ރިޕޯޓަރެއްގެ ގޮތުގަ އެވެ. މި ފިލްމުގެ ޝޫޓިންތައް ނަގަން ހަމަޖެހިފައިވަނީ ކޮލްކަޓާ އަދި ޕުރުލިއާގަ އެވެ.

މި ފިލްމުގައި ޔަމީގެ އިތުރުން ދެން ފެނިގެންދާ ތަރިންގެ ތެރޭގައި ޕަންކަޖް ކަޕޫރް، ރާހުލް ކަންނާ އާއި ތުޝާރް ޕާންޑޭ ހިމެނެ އެވެ.

ޔަމީ ގޯތަމްގެ ބައެއް މަސައްކަތްތަކަށް ބަލާއިރު ޓޯޓަލް ސިޔާޕާ، އެކްޝަން ޖެކްސަންއިން ޔަމީ ވަނީ ފެނިގެން ގޮސްފަ އެވެ. ނަމަވެސް މި ދެ ފިލްމަށް ވެސް އާންމުންގެ މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެ އެވެ. މީގެ ފަހުން ޔަމީ ފެނިފައި ވަނީ ކްރައިމް ފިލްމެއް ކަމަށްވާ ބަދްލާޕުރް އިންނެވެ.

މި ފިލްމުގައި ޔަމީ ފެނިފައި ވަނީ ވަރުން ދަވަން، ހުމާ ގުރައިޝީ، ނަވާޒުއްދީން ސިއްދީގީ އާއެކު އެވެ.