ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކަށް ހަމަލާދިން އިންޑިއާ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

ފުލުހުން މިއަދު ބުނީ ޓެކްސީ ޑްވައިވަރަށް ޙަމަލާދިން އިންޑިއާ މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް މިއަދު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 10 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދިވެހި ޓެކްސީ ޑްރައިވަރަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 25 އަހަރުގެ އިންޑިއާ މީހެކެވެ. އަދި ހައްޔަރު ކުރިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މި ހާދިސާ އާއި ގުޅިގެން ޓެކްސީ ޑްރައިވަރަށް ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް ރޭ ވަނީ ފަރުވާދީފަ އެވެ.

ފުލުހުން ގެންދަނީ މި މިމައްސަލަ ތަހުގީގު ކުރަމުންނެވެެ.