މުޖުތަމައުގައި ހިނގާ ގިނަ ކަންތައްތަކެއްގެ މައްޗަށް އަލިއަޅުވާލައިގެން ތައްޔާރުކުރާ ޑްރާމާ "ރޭރޭ" ގެ ޝޫޓިންގެ ބޮޑު ބައެއް ނިންމާލައިފި އެވެ.
"ރޭރޭ" އަކީ މީޑިއާނެޓްގެ އޯޓީޓީ ޕްލެޓްފޯމުތަކުގައި މިހާރު ދައްކަމުން އަންނަ "ނަފްސު" ވެސް ޕްރޮޑިއުސަރު މުހައްމަދު ފުއާދު (ފޯޑް) އުފެއްދުމެކެވެ.
ފަސް އެޕިސޯޑުގެ މައްޗަށް ހިމެނޭ މިޑްރާމާއަކީ ފޯޑްގެ ކޮއްކޮ އަހުމަދު ފުއާދު ލިޔެ ޑައިރެކްޓްކުރާ ޑްރާމާއެކެވެ.
"ރޭރޭ" ގެ މެއިން ކާސްޓުންގެ ތެރޭގައި ހިމެނެނީ ހަމްދޫން ފާރޫގާއި ފާތިމަތު އާޒިފާ (އަޒޫ)ގެ އިތުރުން އަހުމަދު އީސަ (އާނަންދު) އާއި އަހުމަދު ސައީދުގެ އިތުރުން ނާޝިދާ މުހައްމަދު (ނާއްކޮ) އެވެ.
ސްޕެޝަލް ގެސްޓެއްގެ ގޮތުގައި އަރަމުން އަންނަ ބަތަލާ ޝިފާ ފެނިގެންދާނެ "ރޭރޭ" ކެމެރާކޮށް، އެޑިޓްކުރަނީ ކާމިޔާބު ގިނަ ފިލްމުތަކާއި ވީޑިއޯ ލަވަތަކެއްގެ މަސައްކަތްކޮށްފައިވާ ކުޅަދާނަ ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.
މީގެ އިތުރުން މަރިޔަމް ހަލީމް އާއި އަލީ ޔޫޝައުގެ އެކްޓިން ވެސް މި ޑްރާމާއިން ފެނިގެން ދާނެ އެވެ.
"ހަތަރު ހަޅަ" ފަދަ ކާމިޔާބު ފިލްމުތައް ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައިވާ މުހައްމަދު ފުއާދު (ފޯޑް) ބުނީ ހަތަރު އެޕިސޯޑުގެ ޝޫޓިން އެއްކޮށް ނިމިފައިވާ ކަމަށާއި މަންޒަރުތައް ނަގާ ނިމޭ ވަރަކުން އެޑިޓިންގެ މަސައްކަތްތައް ވެސް ނިންމަމުންދާ ކަމަށެވެ. އަދި މިޑްރާމާ ރިލީޒްކުރުމަށް ވަކި ތާރީހެއް ހަމަޖައްސާފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
			އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
		 ބްރެޒިލްގައި ޑްރަގް ގޭންގެއްގެ ގިނަ ބަޔަކު މަރާލައިފި
			ބްރެޒިލްގައި ޑްރަގް ގޭންގެއްގެ ގިނަ ބަޔަކު މަރާލައިފި
		 14 މީހަކަށް ޒަކާތު ފަންޑުން ފްލެޓް ޑައުންޕޭމަންޓު ދައްކައިދެނީ
			14 މީހަކަށް ޒަކާތު ފަންޑުން ފްލެޓް ޑައުންޕޭމަންޓު ދައްކައިދެނީ
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					