ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި ފިރިމީހާ ސައިފު އަލީ ޚާން ޗުއްޓީ ދަތުރެއްގައި މިއަދު މެންދުރު ރާއްޖެ އަތުވެއްޖެ އެވެ.
މުމްބާއީން ޕްރައިވެޓް ޖެޓެއްގައި އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށްފަހު އެއާޕޯޓުގެ ސީއައިޕީ ލައުންޖުގައި ކަރީނާ އާއި ސައިފު އިރުކޮޅަކު މަޑުކޮށްލި އެވެ. އަދި އެއާޕޯޓުން ނައްޓާލީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓެވެ.
ކަރީނާގެ ދެމަފިރިން މިފަހަރު ރާއްޖެ އައީ ސައިފުގެ 52 ވަނަ އުފަން ދުވަސް ފާހަގަކުރުމަށެވެ. ސައިފުގެ އުފަން ދުވަހަކީ އޮގަސްޓް 16 ވަނަ ދުވަހެވެ.
މިދަތުރުގައި އެ ދެ މީހުން ދެ ކުދިން ކަމަށްވާ ތައިމޫރާއި ހަ މަހުގެ ޖޭ ބައިވެރިވި އެވެ.
ރީތި ރަށުގެ ލޯންޗަށް އެ މީހުން އެރިއިރު އެ ވަގުތު އެއާޕޯޓުގައި ތިބި ބައެއް މީހުންނަށް ފެނިފައިވެ އެވެ. ކަރީނާ ހުރީ ކަޅުކުލައިގެ ދޫ ހަރުވާޅަކާއި ހުދުކުލައިގެ ޓޮޕެއް ލައިގެންނެވެ. އަދި ސައިފު ހުރީ ހުދު ކުރުތާއަކާއި ޖީންސެއް ލައިގެންނެވެ.
ސައިފު އާއި ކަރީނާ 2018 ވަނަ އަހަރު ވެސް ރާއްޖެއަށް ޗުއްޓީ ދަތުރެއްގައި އައިސްފައިވެ އެވެ.
"އެވެންޖާސް: ޑޫމްސްޑޭ"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި
އެސްޖީކަމުގެ ދައުރު ނިމުމުން ރައީސް ނަޝީދު އެނބުރި ރާއްޖެ އަށް
އަބަދުވެސް ރަނގަޅު މައިބަފައިންނަށް ވެވޭތޯ ބަލަން: ވިކްޓޯރިއާ
ކަރީނާ ކަޕޫރު ޕްރޮޑިއުސަރަކަށް
ކަރަން އާއި ކަރީނާ ވާހަކަނުދައްކާ ތިބި؟