ފިޔާ ކޮށާއިރު ލޮލުން ފެން އައުމަކީ ވަރަށް ގިނަ ބަޔަކަށް ދިމާވާ އުނދަގުލެކެވެ. އެކަމުގެ ސަބަބުން ބަދިގޭގެ މަސައްކަތްތަކަށް ވެސް ބުރޫއަރާ ކަމެކެވެ.
މިއީ އާއްމު ކަމަކަށް ވީއިރު މިކަމުގެ ހަގީގަތް އެނގެނީ އަހަރުމެންގެ ތެރެއިން ވަރަށް މަދު ބަޔަކަށެވެ. އެހެން ކަމުން މި ލިޔުމުގައި މިކަމުގެ ހަގީގަތަށް ބަލާލާނަމެވެ.
ބިމުއަޑީގައި ފިޔާ ހެދިގެން އަންނައިރު ވެލިން ލިބޭ މާއްދާއެއް ކަމަށްވާ ސަލްފާ ގިނަ އަދަދަކަށް ލިބި އަމީނޯ އެސިޑްސްއަށް ބަދަލުވެ އެވެ. މިގޮތަށް އެމީނޯ އެސިޑް ގިނަ އަދަދަކަށް ހުންނަ ފިޔަލުގެ ސެލްތަކަށް ގެއްލުން ލިބިއްޖެނަމަ ކެމިކަލްއެއް އުފެދުމަށް މަގުފަހިވެ އެވެ. ފިޔާ ކޮށާއިރު ލޮލުން ފެން އަންނަނީ މި ކެމިކަލްގެ ސަބަބުންނެވެ.
ފިޔަލުން އަރާ އާތްވާއި އެ އާވީގެ ސަބަބުން ލޮލުން ނަގާ ދިލައަކީ ލޮލަށް ގެއްލުމެއް ލިބޭ މާއްދާއެއް ކަމަކަށް ދިރާސާތަކުން ދައްކާފައެއް ނުވެ އެވެ.
ފިޔާ ކޮށުމުގައި ލޮލުން ފެން އައުން ހުއްޓުވުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައް ހުރެ އެވެ. އެގޮތުން ފިޔާ ކޮށަން ތޫނު ވަޅިއެއް ބޭނުން ކުރުމާއި ފިޔާ މެދުން ބުރިކޮށްލުމަށްފަހު ފެން އެއްޗަކަށް ލާފައި އިރުކޮޅަކު ބޭއްވުމުން ލޮލުން ދިލަނެގުން ކުޑަވާނެ އެވެ.
ފިޔާ ކޮށުމަކީ އަހަރުމެންގެ ދިރިއުޅުމުގައި އާއްމުކޮށް ކުރަން ޖެހޭ ކަމަކަށް ވާއިރު މިކަން ކުރާނެ ފަސޭހަ ގޮތްތައް ހޯދައި އެގޮތަށް އަމަލު ކުރުމުން ލިބޭ ލުއި ބޮޑުވާނެ އެވެ.