އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެގެން ދިއުމާ ގުޅިގެން ބޮލީވުޑްގެ ގިނަ މަސައްކަތްތަކެއް ހުއްޓިގެން ދިޔަ އެވެ.

އޭރު ގިނަ ފިލްމުތަކެއްގެ ޝޫޓިންތައް ހުއްޓިގެން ގޮސްފައިވާއިރު، ބޮލީވުޑްގެ މަޝްހޫރު ތަރި ކާރްތިކް އާރްޔަން ލީޑް ރޯލުން ފެނިގެންދާ "ބޫލްބުލައްޔާ 2"ގެ މަސައްކަތް ވެސް ވަނީ ހުއްޓިފަ އެވެ.

އެހެން ނަމަވެސް މިހާރު އެ ފިލްމުގެ މަސައްކަތްތައް އިއްޔެ ފަށާފައިވާ ކަމަށް ކާރްތިކް ވަނީ ހާމަކޮށްފަ އެވެ.

https://www.instagram.com/p/CS4kI3BtW9n/?utm_medium=copy_link

ފިލްމުގެ ޝޫޓިންތައް އަލުން ފެށިކަން ހާމަކޮށްފައި ވަނީ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ފިރިހެން ބައިވެރިޔާ ކާރްތިކް އާރްޔަން އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ. މި ފޮޓޯގައި ކާރްތިކް އާއެކު ފިލްމުގެ އަންހެން ލީޑް ރޯލް ކުޅެން ހަމަޖެހިފައިވާ ތަރި ތާބޫ ފެނިގެންދެ އެވެ.

"ބޫލްބުލައްޔާ 2" ގެ ޝޫޓިންތައް މިފަހަރު ފަށާފައި ވަނީ މުމްބާއީގަ އެވެ. ކާރްތިކް އާއި ތާބޫގެ އިތުރުން ކިއާރާ އަދްވާނީ ވެސް ފެނިގެންދާ މި ފިލްމަކީ 2007 ވަނަ އަހަރު މަޝްހޫރުވެގެން ދިޔަ އަކްޝޭ ކުމާރު އަދި ވިދްޔާ ބާލަންގެ ފިލްމު "ބޫލްބުލައްޔާ"ގެ ދެވަނަ ބައެކެވެ.