"ކެޕްޓަން އެމެރިކާ: ސިވިލް ވާ"ގެ ތަރި އެމިލީ ވޭންކޭމްޕްއަށް އަލަތު ދަރިފުޅަކު ލިބިއްޖެ އެވެ.

އެމިލީ އޭނާ މަންމަ އަކަށް ވެއްޖެ ކަން ހާމަކޮށްފައި މި ވަނީ ބަނޑުބޮޑު ކަން ސިއްރުކޮށްގެން އުޅުމަށް ފަހު އެވެ. އެމިލީ މި ހަބަރު އާންމުންނާ ހިއްސާކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ކުރި ޕޯސްޓެއްގަ އެވެ.

https://www.instagram.com/p/CTClLUeLTA7/?utm_medium=copy_link

ތުއްތު އަންހެން ދަރިފުޅުގެ އަތުގައި ހިފައިގެން ނަގާފައި ހުރި ހުދާއި ކަޅުގެ ފޮޓޯއަކާއި ބަނޑުބޮޑުއިރު ފިރިމީހާ އާއެކު ނަގާފައިވާ ފޮޓޯތަކެއް އެމިލީ ވަނީ މި ޕޯސްޓުގައި ހިއްސާކޮށްފަ އެވެ.

އެމިލީ އާއި އޭނާގެ ފިރިމީހާ ފުރަތަމަ ފަހަރަށް ދިމާވެފައިވަނީ "އޭ ބީ ސީ ޝޯ ރިވެންޖް" ގެ ސެޓުން 2011 ވަނަ އަހަރު އެވެ. ހަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މި ދެ ތަރިން ކައިވެނި ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެމިލީ އަކީ އަބަދުވެސް އޭނާގެ ޒާތީ ދިރިއުޅުމާއި ގުޅޭ ކަންކަން ވަރަށް ސިއްރު ގޮތެއްގައި ގެންގުޅޭ މީހެކެވެ. އެމިލީ ބުނިގޮތުގައި ކޮވިޑާ ގުޅިގެން ލޮކްޑައުންކުރުމާއެކު އޭނާއަށް އެކަން ވެގެންދިޔައީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގަ އެވެ.