އަސޭމިރުހަކީ ކެއްކުމުގައި ވަރަށް ގިނައިން ބޭނުންކުރެވޭ ބާވަތެކެވެ. އޮށުގެ ގޮތުގައާއި މުގުރައިގެން ވެސް ބޭނުންކުރެވޭ އަސޭމިރުހަކީ އެއިން ލިބޭ ފައިދާގެ ސަބަބުން ދިވެހި ބޭހުގައި ވެސް ވަރަށް ގިނައިން ބޭނުންކުރާ އެއްޗެކެވެ.
ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށްދޭ
އަސޭމިރުހަކީ އެންޓި އޮކްޑަންޓްސް ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ. އެހެންކަމުން ހަށިގަނޑުގެ ތަންތަން ދުޅަވުމާއި ހުޅުތަކުގައި ރިއްސުމުގެ އިތުރުން ހަކުރު ބައްޔާއި ހިތުގެ ބަލިތަކަށް މަގުފަހިކޮށްދޭ ވިހަ މާއްދާތައް ހަށިގަނޑުން ބޭރުކޮށްދެ އެވެ.
ހަކުރު ކޮންޓްރޯލް ކޮންދޭ
ދިރާސާތަކުން ދައްކާގޮތުގައި އަސޭމިރުސް ބޭނުން ކުރުމަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލް ކޮށްދިނުމަށް އެހީވެދޭ ބާވަތެކެވެ. އެހެންކަމުން ހަކުރުބަލި ކޮންޓްރޯލްކުރުމަށް ގުދުރަތީ ބޭހެއްގެ ގޮތުގައި ގިނަ ބަޔަކު އަސޭމިރުސް ބޭނުން ކުރެ އެވެ.
ކޮލެސްޓްރޯލް ދަށްކޮށްދޭ
ކޮލެސްޓްރޯލް މަތިވުމަކީ ސްޓްރޯކް ފަދަ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވާ ކަމެކެވެ. އަސޭމިރުހަކީ ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް އެހޭވެދޭ ބާވަތެއް ކަމަށް ހެދިފައިވާ ދިރާސާތަކުން ދައްކަ އެވެ.
ވިސްނުން ތޫނުކޮށްދޭ
އަސޭމިރުހުގައި ހިމެނޭ މާއްދާތަކަކީ ސިކުނޑީގެ މަސައްކަތްތައް ހިނގުން ރަނގަޅުކޮށްދީ ސިކުނޑީގެ ބަލިތަކުން މީހާ ސަލާމަތްކޮށްދޭ އެއްޗެކެވެ. އަދި ހަމަ އެއާއެކު ގަވާއިދުން އަސޭމިރުސް ބޭނުންކުރާނަމަ މީހާގެ ވިސްނުން ތޫނުވާ ކަމަށް ވެސް ހޯދިފައިވެ އެވެ.