އެމެރިކާގެ ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮލަކަށް ވެފައިވާ އިރު ރައީސް ޑޮނަލްޑް ޓްރަމްޕަށް ވުރެ އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑެންއަށް ތާއީދު ބޮޑުކަމަށް ޓައުންހޯލްގައި ބޭއްވި އިވެންޓްތަކުގެ ރޭޓިންތަކުގެ ނަތީޖާއިން ދައްކައިފި އެވެ.
ވަގުތީ ޑޭޓާތަކުން ދައްކާގޮތުގައި އެމެރިކާގެ ކުރިީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ބައިޑެންގެ އޭބީސީ ނިއުސް އިވެންޓު 14.1 މިލިއަން މީހުން ބަލާފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެންބީސީއިން ދެއްކި ޓްރަމްޕްގެ ބްރޯޑްކާސްޓު ބަލާފައިވަނީ 13.1 މިލިއަން މީހުންނެވެ.
މިއީ ވަގުތީ ޑޭޓާތަކަށް ވުމުން ކުރިއަށްއޮތްތާ މި އަދަދުތައް ބަދަލުވާނެ ކަމަށް ބެލެވެ އެވެ.
ދެ ކެންޑިޑޭޓުންގެ ބްރޯޑްކާސްޓް ބެލި މީހުންގެ މެދުގައި މިލިއަނެއްހާ މީހުންގެ ތަފާތު ހުރުމުން އެކަން ފާހަގަކޮށް ހިލަރީ ކްލިންޓަން ކުރައްވާފައިވާ ޓުވީޓެއްގައި ވާގޮތުން އެމެރިކާ މީހުންގެ މެދުގައި ޓްރަމްޕަށް ތާއީދު ގެއްލިފައިވާ ކަމަށެވެ.
ގާޒީ ސޮފްއަތު ރިޝްވަތު ހިފި ކަމަށް ބުނާ މައްސަލަ ޖޭއެސްސީއަށް
ޕެންޝަން ފަންޑުން ހައްޖަށް ދިއުމުގެ ޝަރުތު ހަމަވާ 23،000 މީހުން
ސަމާލުކަން ނުދެވޭ ސިއްހީ ނުރައްކަލެއްގެ އިންޒާރު ދީފި
