އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި މަޝްވަރާ ކުރަންޖެހޭ އެއްވެސް ހާލަތެއް ނެތް ކަމަށާއި އަދި އެއްވެސް ސަބަބެއް ވެސް ނެތް ކަމަށް އިދިކޮޅުން ބުނެފި އެވެ.
އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް މިފަދައިން ޓުވީޓްކުރެއްވީ ރައީސް ނަޝީދު މިއަދު ދެއްވި ޕްރެސް ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އިންޑިއާއަށް ބަދުބަސް ނުބުނާނަމަ އިދިކޮޅު ޕީޕީއެމް ޕީއެންސީއާއެކު މަޝްވަރާ ކުރެވިދާނެ ކަމަށެވެ.
"އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ކަނޑައެޅިގެން ދަންނަވަން އެބަ، އެއްވެސް ބަޔަކާ އެކީގައި ސިޔާސީ މަޝްވަރާއެއް ކުރެވޭނީ ސިޔާސީ އެއްފިކުރަކަށް އައިސްގެން. އޭގެތެރޭގައި އިންޑިއާއަށް ބަދު ބަސް ނުބުނުން އެއީ ބޭނުންތެރި ކަމެކޭ. އެގޮތަށް އެބޭފުޅުންގެ ސިޔާސަތުތައް ބައްޓަން ވާންޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ސިޔާސީ ބައެއް ކަންކަމުގައި ހާއްސަކޮށް ހާރިޖީ ސިޔާސަތުގައި ހުރިހާ ޕާޓީތަކުން ވެސް އެއްގޮތް ވިސްނުންތަކެއް ހުންނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވަނީ ޕީޕީއެމުން އައްޑަނައިގެ ނަމުގައި މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވީ ޖަލްސާގައި އިންޑިއާއި ގުޅޭގޮތުން އެ ޕާޓީގެ ލީޑަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން ވެސް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި އިންޑިއާގެ ނުފޫޒު ރާއްޖެއަށް އޮތް ކަމަށާއި އަދި އިންޑިއާ ސިފައިން މިހާރުން މިހާރަށް ރާއްޖެއިން ބާލަންޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމް ޕީއެންސީއާއެކު މަޝްވަރާކުރަން ބޭނުންވާ ކަމަށް މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ ކޯލިޝަނުން ބުނީ ރައީސް ނަޝީދާއެކު ކުރާނެ ސިޔާސީ މަސައްކަތްތަކެއް ނޯންނާނެ ކަމަށާއި އެމްޑީޕީއާއި ރައީސް ނަޝީދުގެ ސިޔާސަތުތަކާއި އެ ކޯލިޝަންގެ ސިޔާސަތުތައް މާބޮޑަށް ވެސް ތަފާތު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ވަރަށް ވެސް ތަފާތު
ޕީޕީއެމް އާއި ކެނެރީގެ ނަޝީދު މަޝްވަރާ ކުރަން ބޭނުން ކަމަށް ބުނުން އެއިން އެގިގެންދަނީ މިހާރު އެމްޑީޕީ ތެރޭގައި ކެނެރީގެ ނަޝީދުގެ އެއްވެސް ބާރެއް އަދި އީވާގެ ވެސް އެއްވެސް ބާރެއް ނެތް ކަމޭ އެމްޑީޕީ ތެރޭގައި މިހާރު އޮތީ ބޮޑަށް އެމްއެންޕީގެ ބާރޭ އެމްއެންޕީ އަކީ އެއީ ސީދާ ރައީސް އިބޫ ފަންޑް ކުރާ ޕާރޓީއޭ ދެން ފެންނާނެ މަންޒަރަކީ ރައީސް އިބޫގެ ފެކްޝަން ބްލޮކް ބްލޮކަށް އެމްއެންޕީ އަށް ސޮއި ކުރާ ތަނޭ މަޖްލީހުގެ ރައީސް ކަމުގައި ހުންނާނީ ގާސިމް އިބްރާހިމޭ ދެން ނައިބް ރައީސް އެއީ ކާރނަލް ނާޒިމޭ މިސީން
ކެނެރީގެ ނަޝީދު މިހާރު އެހެރީ ސިޔާސީ ގޮތުން ބަލިވެފައޭ ދެން އޮންނާނީ އޭނާގެ ބަލި އޭނާ އަމިއްލަ އަށް އިއުލާން ކުރުމޭ މިހާރު ކޮބާތޭ ޑީއާރުޕީއެއްގެ ލީޑަރު ކަން އެއް އިރެއްގައި ކުރި ތަސްމީން އަލީ މިހާރު އެކަލޭގެ ނުފެނޭދޯ އެކަލޭގެ ވެސް އެބައޮތް ގޮސް މެލޭޝިއާ ގައި ހަމަ އެގޮތޭ ވާނީ ކެނެރީގެ ނަޝީދަށް ވެސް ދެން ކެނެރީގެ ނަޝީދެއް ދެން ރާއްޖެ އަށް ނާންނާނެއޭ ވެލާނާގެ އިބްރާހިް ދީދީ އައިތޭ ނާދޭ ދޯ ރައީސް އިބޫ ކެނެރީގެ ނަޝީދު މާލެ އަންނަން ހުރަސް ނާޅާނެއޭ އެކަމަކު އަންނަން އުޅެން ފެށުމުން ދެން ބުނާނެއޭ
ޕީޕީއެމް ތިބެންވީ ޕީޕީއެމްގެ ގަޓް ގޮތުގައި ކެނެރީގެ ނަޝީދު އުފުރިގެން އަންނާނެއޭ އެމެރިކާ އަފްއާން ގައި ހޯހޯ ގޮވަމުން ހޭރެމުން އެމެން އައިސް އަފްއާން ތާލިބާނުންގެ މަދަދަށް އެދުނު ގޮތަށް އެދުވަސް ދެން ނެތޭ މާދުރުގައި އެެމްޑީޕީ އެއޮތީ ފަޅަ ފަޅައިގެން ދާން ތައްޔާރަށޭ އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް އަށް ފަހު ދެން އެމްޑީޕީ ސްވައިޕް އައުޓް ކޮށްލާނެއޭ ކާރުގެ ވިންޑްސްކްރީންގެ ސްވައިޕަރުން ފެން ކަހާލާ ގޮތަށް އެމްއެންޕީ އަށް ރަައީސް އިބޫގެ ފެކްޝަން އެއްކޮށް އެއިރުން ކެނެރީގެ ނަޝީދު ހޭރެމުން އަންނާނެއޭ
ބަރާބަރު އެކަމަކު ބުރިކުރި ޓިނުކޮބާހޭ
ކެނެރީގެ ނަޝީދާއި ޕީޕީއެމް އިން ގުޅެން ޖެހޭނެ އެއްވެސް ސަބަބެއް އޮވެގެން ނުވާނެއޭ ކެނެރީގެ ނަޝީދަކީ ވެސް ރައްޔިތުންގެ ތާއީދެއް އޮތް މީހެއް ނޫނޭ މުޅިން ވެސް ރާއްޖޭގައި ހުރި އިންޑިއާ އެމްބަަސީ ގައި ތިބި ބޮޑެތި ވަގުންނާއި ގުޅިގެން އިލެކްޝަންސް ކަމިޝަން މެމްބަރުންނަށް ރިޝްވަތު ދީގެން ވޯޓް ލާ މަރުކަޒުގައި ތިބޭ އޮފިޝަލުންނަށް ރިޝްވަތު ދީގެން ވޯޓް ލާން ނާންނަ ހުރިހާ މީހުންގެ ނަމުގައި ވޯޓްލާ ވޯޓް އިން ވައްކަން ކޮށްގެންނޭ ރިޔާސީ އިންތިޚާބު މަޖްލީސް އިންތިޚާބު އަދި ލޯކަލް އިންތިޚާބު ކާމިޔާބު ކުރަނީ
ކެނެރީގެ ނަޝީދާއި ޕީޕީއެމް އިން މަޝްވަރާ ކުރަން ޖެހޭނެ ކަމެއް ނޯންނާނެއޭ ކެނެރީގެ ނަޝީދަކީ އެއީ މަމެން ޕިންކީން ބަލާއިރު މާބޮޑަށް ފަހަތުގައި އުޅޭ ސިޔާސީ ގޮތުން މާބޮޑަށް ދަށް ފަންތީގައި އުޅޭ މީހެކޭ. މަމެން ޕިންކީން 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި މޮޅުވާނެއޭ 2017 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވެސް މޮޅުވީ މަމެން ޕިންކީންނޭ އިންޑިއާ އާއި ގުޅިގެން ވޯޓް އިން ވައްކަން ކޮށްގެންނޭ ދަ ހިންނަވަރޭ ވެރިކަން ފޭރިގަތީ ކެނެރީގެ ނަޝީދު ވެސް ވެރިކަމަށް އައީ ވޯޓް ފޭރިގަނެގެން ވޯޓް އިން ވައްކަން.