ޖިންސީ ކުށުގެ ދައުވާތަކުގެ ޝަރީއަތަށް ހާޒިރު ނުވެ އިނގިރޭސި ވިލާތުގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ފުލުހުން އަލީ ވަހީދު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުން ބުނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ.
ފުލުހުން ބުނެފައި ވަނީ އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ރާއްޖެ ގެނައުމަށް އިންޓަޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް އިތުރަށް މި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އަލީ ވަހީދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވަނީ އޭނާ އިނގިރޭސިވިލާތުގައި ވިސާގެ މައްސަލާގައި ހައްޔަރު ކުރިތާ އެތަކެއް ދުވަސް ފަހުންނެވެ.
އަލީ ވަހީދު އިނގިރޭސިވިލާތުގައި ހައްޔަރުކުރި އިރު، ސުޕްރީމް ކޯޓުގެ ޝަރީއަތަކަށް ހާޒިރުވުމަށް ފޮނުވި އަމުރަށް ތަބާނުވުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް ވެސް އެބަ އޮތެވެ. އަދި އެ ހުކުމް ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ކަރެކްޝަނަލް ސާވިސްއިން ވަނީ ހުކުމް ތަންފީޒުކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ.
އަލީ ވަހީދު ހައްޔަރުކޮށްފައިވާކަން ޔަގީން ވެފައިވާއިރު، އޭނާގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލައިގައި ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
ޒުވާން އުމުރުގައި އިސްތަށި ނުރަވެ ހަނދާން ބަލި ވަނީތަ؟
ކޮންސެޓްގެ ތެރެއިން ހެރީ ސްޓޭޖް މައްޗަށް ވެއްޓުނީ ކީއްވެ؟
ހޮލީވުޑް: ޖުލައި މަހު ރިލީޒްކުރާ މަޝްހޫރު ފިލްމުތައް!