މާލޭގެ ނޫރު މިސްކިތުގެ ތަނބެއްގައި ބޮމެއް ގޮއްވާލާނެ ކަމަށް އިންޒާރުދީފައިވާތީ އެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ނޫރު މިސްކިތުގެ ތަނބެއްގައި ލިޔެފައިވާ ލިޔުމުގައި "މިތަނުގައި ގަދަވާނީ ބަންގާޅީން" ކަމަށާއި، "އަހަރެމެން ބޭނުން ގޮތެއް" ހަދާނެ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ބުނެފައި ވަނީ ވަރަށް އަވަހަށް ބޮމެއް ގޮއްވާލާނެ ކަމަށާއި، އަދި ދިވެހި ގައުމު ސުންނާފަތި ކޮށްލާނެ ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ބޮމެއް ގޮއްވާލާނެ ކަމަށް ބުނެ ނޫރު މިސްކިތުގެ ތަނބެއްގައި ލިޔެފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ބޮމެއް ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ ކުށެކެވެ. އެފަދަ ކުށްތައް ސާބިތުވާ މީހުންނަށް ރާއްޖޭގައި ވެސް ދަނީ ދިގު މުއްދަތުގެ ޖަލު ހުކުމް އިއްވަމުންނެވެ.
ޅަފަތުގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދޭންވީ މިހެންވެ!
ފިނި ކޮށްގެން ފެން ބުއިމަކީ އެންމެ ސަޅި ގޮތެއް ނޫން!
މޮރޮކޯގެ ފުޓުބޯޅަ ތަރި ޒިޔެޗަށް އިޒްރޭލުން މަރުގެ އިންޒާރު ދީފި
ހީވަނީ ތީ ބަންގާޅީއަކު ކުރި ކަމެއް ނޫން، އެހެން މީހުން ބޮލު ބުއްދިއެއް ނެއްކަމައް ޖާހިލަކު ކުރި ކަމެއް