ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 18 އަށް ތިރިވެއްޖެ އެވެ.
އެޗްޕީއޭ އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މުޅި ރާއްޖެއިން 1،338 ސާމްޕަލްގެ ތެރެއިން މިއަދު ޕޮޒިޓިވްވީ 22 މީހުންނެވެ. މީގެ ތެރެއިން ހަތަރު މީހުން ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފަސް ބިދޭސީއަކު ވެސް ހިމެނެ އެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ބައްޔަށް މިހާރު ފަރުވާދޭ މީހުން އަދަދު ވަނީ 987 އަށް ދަށްވެފަ އެވެ. އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް ވަނީ 39 އަށް ދަށްވެފަ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 10،201 މީހުން މި ބަލިން ރަނގަޅުވިއިރު، 354 މީހުން އަދިވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.
މިބަލީގައި މިހާތަނަށް 37 މީހަކު މަރުވެފައިވެ އެވެ.
އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެއްޖެ
އީދު ބޮނޑިބަތުގެ ސަގާފަތް ފެށިގެން އައީ ކިހިނެއް؟
2039 ވަނަ އަހަރު މުސްލިމުންނާ 3 އީދު ބައްދަލު ކުރާނެ!