މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑްތައް ވިއްކާ އާ ފިހާރައެއް ހުޅުމާލޭގައި ރޭ ހުޅުވައިފި އެވެ.
ހުޅުމާލޭ ނިރޮޅުމަގު "ބޮމްބޭ ދަރުބާރު" ރެސްޓޯރަންޓް ކައިރީގައި "ލަވް މީ"ގެ ނަމުގައި ހުޅުވި ކޮސްމެޓިކްސް ވިއްކާ ފިހާރައަކީ ފުޅާ ދާއިރާއެއްގައި ހޯސޭލް ވިޔަފާރިކުރާ މަރީނޯ ޗެއިންގެ ފިހާރައެކެވެ. މިއީ މަރީނޯ އިން މާލެ ސަރަހައްދުގައި ހުޅުވި ހަވަނަ ފިހާރަ އެވެ.
ކޮސްމެޓިކްސްގެ މަޝްހޫރު ބްރޭންޑްތައް ވިއްކާ މި ފިހާރަ ހުޅުވައިދެއްވީ މާލޭގައި ފުޅާ ދާއިރާއެއްގައި މޯބައިލް ފޯނާއި އިލެކްޓްރޯނިކްސްގެ ވިޔަފާރިކުރާ ސެލްޒޯންގެ ޑިރެކްޓަރު އަބްދުލް ހަމީދެވެ.
ލަވްމީ ފިހާރައިގެ ފަރާތުން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވީ އެތަނުން މަޝްހޫރު އެކި ބާވަތްތަކުގެ ކޮސްމެޓިކްސްގެ އިތުރުން އެންމެ ފަހުގެ ސެންޓާއި ސުވެނިއާ އައިޓަމްސް ވެސް ހެޔޮއަގުގައި ލިބެން ހުންނާނެ ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު: ފިޔޯރީ ވޯޓު ފޮށި ހަލާކުކޮށްލައިފި
ބައެއް ރަށްރަށުގައި ވަނީ ވޯޓާސް ލިސްޓް އޮޅުވާލާފައި: މީކާއީލް
ކޮންމެ ނަތީޖާއެއް ނުކުތަސް ހުންނާނީ ޕާޓީއާއެކު: ސޯލިހު