ކުރީގެ ސަރުކާރުން މާލެގައި އިމާރާތް ކޮށްފައިވާ އެންމެ ބޮޑު މިސްކިތް ކިންގް ސަލްމާން މިކިސްތް ރަސްމީކޮށް ހުޅުވުމަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖެއިން ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލު ވިދާޅުވެއްޖެ އެވެ.
ސައުދީގެ ނޫހަކަށް ދިން އިއްޓަވިއުއެއްގައި ހަލީލު ވިދާޅުވީ ސަލްމާން މިސްކިތުގެ މަސައްކަތް ނިމިފައިވާއިރު އެމިސްކިތް ހުޅުވަން ނިންމާފައި ވަނީ ވަލީ އަހުދު މުހައްމަދު ރާއްޖެއަށް ކުރައްވާ ދަތުރުފުޅެއްގައި ކަމަށެވެ.
ސަލްމާން މިސްކިތަކީ ރާއްޖެ އާއި ސައުދީ އަރަބިއާއާ ދެމެދު އޮންނަ އަހުވަންތަ ގުޅުން ރަމްޒުކޮށްދޭނެ ތަނެއް ކަމަށްވެސް ހަލީލު ވަނީ ވިދާޅޫވެފަ އެވެ.
ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާތަކެއް ކުރުމަށް ސައުދީ ސަރުކާރުގެ ވަފުދެއް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އެ ވަފުދުން ވަނީ އަންނަ އަހަރު ރޯދަ މަސް އައުމުގެ ކުރިން މިސްކިތް ހުޅުވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ސަލްމާން މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެވެ.
ސަލްމާން މިސްކިތް އިމާރާތް ކޮށްފައިވަނީ ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ. ސަރުކާރުން އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގަ އެވެ. މިސްކިތުގެ މަޝްރޫއަށް 24.95 މިލިއަން ޑޮލަރު ހަރަދުވި ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.
އެ މިސްކިތް މީގެ ކުރިން ހުޅުވަން ނިންމާފައި އޮތީ މިދިޔަ އަހަރު މާޗު މަހު ސައުދީގެ އިސްބޭފުޅުން ވަޑައިގެންނެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މިސްކިތް ހުޅުވުން ފަސްކުރި ގޮތަށް، އަދިވެސް އެތަން ހުޅުވައިފައެއް ނުވެ އެވެ.
ސަލްމާން މިސްކިތް ހުޅުވާލަން ސައުދީ ކޫލް ވަލީ އަހުދު ވަޑައިގަތުން އެއީ މަމެން އުފާ ކުރާ ކަމެކޭ ވަލީ އަހުދު އިއުލާން ކުރި ދަ ލައިން ޕްރޮޖެކްޓް ސަައުދީ ގައި ކާމިޔާބު ނުވި ނަމަވެސް މާލެ ސަރަހައްދުގައި ދަލައިން ޕްރޮޖެކްޓް ކާމިޔާބު ވެދާނެއޭ އެގޮތަކީ ދަަލައިން އަޅާނީ ކަނޑު މަގުން އެކްސްޕްރެސް ބްރިޖެއް ހުޅުމާލޭން ގާފަރަށް ދެން އެބްރިޖް އާއި ސަބް ބްރިޖްސްތަކުން ގުޅުވާލާނީ އެލައިން ގައި ހުރިއްޔާ ހުރިހާ ފަޅު ތަކެއް ހިއްކާ އޯއް ޑޯން މިސް އައުޓް ދިސް ޗާންސް ކޭންވީ ބީ އީޗް އަދަރސް ކޮމްޕެނީ އޯއް
ސަލްމާން މިސްކިތް ހުޅުވައިދެއްވާނީ ސައުދީ ވަލީއަހުދު ކަމުގައިވާ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ވަލީ އަހުދު އަށް ނަންގަންނަންވީއޭ މާލެ ސަރަހައްދު ގާފަރު ފަޅު ހިއްކައިގެން އެތަނުން މާލެ ސަރަހައްދުގެ ވިޔަފާރި ވެރިންނަށް އަކަމީޓަރަކަށް މަހަކު 1 ރުފިޔާ ކުއްޔަށް 100 އަހަރަށް ދީގެން މަހަކު 10 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިދާނެ ކަމަށް އޭގެ %50 މާލެ ސަރުކާރަށް ދޭނީއޭ ރޯޔަލްޓީ އެއްގެ ގޮތުގައި އަދި ހުޅުމާލޭން ފެށިގެން ގޮސް ގާފަރާއި ހަމައަށް ބްރިޖެއް އަޅާނީއޭ ޑަބަލް ޑެކްގެ އައި ކުޑް ލައިކް އިޓް
ސަލްމާން މިސްކިތް ހުޅުވަން ސަައުދީގެ ވަލީއަހުދު ރާއްޖެ ވަޑައިގަންނަވަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ ސައުދީ ވަލީ އަހުދު މާލެ ވަޑައިގަންނަވަން ވާއިރަށް ސަރުކާރުގެ އިކޮން ކައުންސިލުން ތިލަފުށި އެއްކޮށް ހިއްކާލާ އުތުރު ތިލަފަޅު އެއްކޮށް ހިއްކާލާ އަދި ގުޅިފަޅު އެއްކޮށް ހިއްކާލާ އަދި ފުށި ދިއްގަރު ފަޅު އެއްކޮށް ހިއްކާލާ އެތަނާއި މާލެ އާއި ދެމެދު ރިންގް ބްރިޖްސް އަޅާނެ ފަންޑް ކަމަށްވާ 100 ބިލިއަން ޑޮލަރުގެ ލޯން އެހީ ހޯދާނެ ކަމަށް އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް