މަޝްހޫރު އެކި ބްރޭންޑްތަކުގެ އެންމެ ފަހުގެ ސެންޓް ވިއްކާ "ލެ ޕާފިއުމް" އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސެންޓުގެ އިތުރުން ކޮސްމެޓިކްސް ވެސް ގެނެސް ވިއްކާ، ލެ ޕާފިއުމްއިން ބުނީ މިހާރު ކުރިއަށްދާ ޕްރޮމޯޝަންގައި އެ ފިހާރައިން ގަންނަ ދެ ސެންޓު ފުޅިއަކަށް އެއް ސެންޓު ފުޅި ހިލޭ ލިބޭނެ ކަމަށެވެ.
އެހެން ނަމަވެސް އެއީ ވަކި ހާއްސަ ބްރޭންޑްތަކެއްގެ ސެންޓުން ކަމަށް ވެސް އެ ފިހާރައިން ބުނެ އެވެ.
މި ޕޮރޮމޯޝަން ކުރިއަށްދާ ބްރޭންޑުތަކަކީ ލާކޯސްޓޭ، ސީކޭ، ޑީ2، ސެލްވަޓޯ ފެރަގާމޯ، ބުލްގާރީ، ރޮބާޓޯ ކަވާލީ، ޖޫޕް ހިމެނެ އެވެ.
ލެ ޕާފިއުމުން ބުނިގޮތުގައި ޕްރޮމޯޝަން ކުރިއަށް ގެންދާއިރު، އާ ބްރޭންޑްތަކުގެ ސެންޓު ވެސް ވަނީ ވިއްކަން ފަށައިފަ އެވެ.
ލެ ޕާފިއުމްއަކީ އޮރިޖިނަލް ބްރޭންޑުތަކުގެ ސެންޓް އެންމެ އަގުހެޔޮކޮށް ރާއްޖޭގައި ވިއްކާ އެއް ފިހާރަ އެވެ.
އައިފޯން 18 ޕްރޯއާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ލީކްވެއްޖެ
ލީވާންގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ތާވަލުކޮށްފި
އެތެރޭގެ އުދުހުންތައް އަގު ހެޔޮކުރުން ވާނީ ގޮންޖެހުމަކަށް: އަމީން