ދިވެހި ފުލުހުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވާ މީހަކު ހޯދުމަށް ފުލުހުން ފޮޓޯއާއި މައުލޫމާތު އާއްމު ކޮށްފި އެވެ.

ފުލުހުންގެ ތަހުގީގަށް ހޯދުމަށް އިއުލާންކޮށްފައި ވަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޭނާ އުޅޭ ވަކި ތަނެއް އާއިލާއަށް ވެސް އެނގިފައި ނުވާތީ އާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރުމުގެ އުސޫލުގެ މަތިންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިގޮތުން ފުލުހުންގެ ތަހުގީގަށް ހޯދުމަށް އިއުލާނުކޮށްފައި ވަނީ ސ. ހުޅުދޫ، ކޯޒީކޯ، މޫސާ މަނިކު 33، އެވެ.

ފުލުހުންގެ އިއުލާނުގައި ވަނީ މި މައްސަލައާއި ގުޅިގެން ތަހުގީގު ކުރަމުން ގެންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް އޭނާ އޮކްޓޫބަރު 5 ވަނަ ދުވަހު ހާޒިރުވުމަށެވެ. އަދި އެ ދުވަހުގެ 1:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހާޒިރުވުމަށް ވެސް ފުލުހުންގެ އިއުލާނުގައި ބުނެފައިވެ އެވެ.