ބަރުދަން އިތުރުކުރުމަކީ މަދުން ނޫނީ ދެކެވޭ ވާހަކައެއް ނޫނެވެ. ނަމަވެސް ބަރުދަން ލުއިކުރުމާ އެއްވަރަށް ބަރުދަން އިތުރުކުރަން މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އެކަމުގެ މައުލޫމާތު އެނގިފައި އޮތުން މުހިއްމެވެ. މި ލިޔުމުގައި މިބަލާލަނީ ބަރުދަން އިތުރު ކުރުމަށް ކެއުމުގައި ބޭނުން ކުރެވިދާނެ ވަކި ބާވަތްތަކަށެވެ.

ބަތް

ބަތަކީ އަވަހަށް ތައްޔާރު ކޮށްލެވޭ ހަދާލަން ފަސޭހަ ކެއުމެކެވެ. ބަތުގެ 158 ގްރާމުން ގާތްގަނޑަކަށް 204 ކެލޮރީ ހަށިގަނޑަށް އެތެރެ ވާއިރު މިއީ ހަށިގަނޑަށް ލިބިދޭ ކެލޮރީ އިތުރުކުރަން ރަނގަޅު ކެއުމެކެވެ.

ފަލަމަޑީގެ ބާވަތްތައް

އަލުއްވާއި ކައްޓަލަ ފަދަ ފަލަމަޑީގެ ބާވަތްތަކަކީ ވެސް ހަށިގަނޑަށް ގިނަ އަދަދަކަށް ކެލޮރީ ލިއްބައިދޭ ބާވަތްތަކެކެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ފަލަމަޑީގެ ބާވަތްތައް ހިމެނުމަކީ އަވަހަށް ބަރުދަން އިތުރު ކުރަން އެހީވެދޭނެ ކަމެކެވެ.

ކިރުގެ ބާވަތްތައް

ޗީޒް އާއި ޔޯގަޓް ފަދަ ކިރުގެ ބާވަތްތަކަކީ ރަހަމީރުވުމާއެކު ބަރުދަން އިތުރުކުރުމަށް ކުރާ މަސައްކަތުގައި އެހީވެދޭނެ ބާވަތްތަކެކެވެ. އޭގައި ހިމެނޭ ސިއްހަތަށް ފައިދާހުރި މާއްދާތަކުގެ ސަބަބުން ބަރުދަން އިތުރުވާއިރު ރަނގަޅު ގޮތުގައި އިތުރު ކޮށްދެ އެވެ.