މާލެ ފަޅުތެރޭގައި އޮތް ލޯންޗެއް އަޑިއަށް ހިނގައްޖެ އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) ކުރި ޓްވީޓެއްގައި ބުނީ އަތޮޅުވެއްސާ ދިމާލު ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް އަޑިއަށް ދިއުމާއި ގުޅިގެން މިއަދު ހެނދުނުގެ 8:57 ގައި އެ އިދާރާއަށް މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ހާދިސާ ހިނގިކަމުގެ ރިޕޯޓު ލިބުމާއެކު އެންއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ އެހީތެރިކަމާއެކު އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުގައި ހަރަތްތެރިވެފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަޑިއަށް ގޮސްފައިވަނީ "ބްލެކް ޕާލް" ނަމަކަށް ކިތާ ލޯންޗެއް ކަމަށް އެންއެންޑީއެފުން ބުންޏެވެ. އަދި އަޑިއަށް ދިޔަ ލޯންޗު މިހާރު ވަނީ ފެންމަތިކޮށްފައި ކަމަށާއި، އެލޯންޗު ފެންމަތިކުރީ 10:17 ގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ނަމަވެސް ލޯންޗު އަޑިއަށް ދިޔައީ ސަބަބަކާ ގުޅިގެން ކަމެއް މިހާތަނަށް އެންއެންޑީއެފުން ނުބުނެ އެވެ.

މިފަދަ ހާދިސާތަކުން ސަލާމަތްވުމަށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އެންއެންޑީއެފުން ބުނެފައިވާއިރު، ރާއްޖެއަށް މޫސުން ގޯސްވެފައިވާ ހާލަތްތަކުގައި، ދަތުރުފަތުރު ކުރާއިރު، ރައްކާތެރިކަން އިސްކުރުމަށް އެންއެންޑީއެފުންނާއި ފުލުހުން އިލްތިމާސްކުރެ އެވެ.