ދުނިޔޭގެ މަޝްހޫރު ބޮކްސިންގް ލެޖެންޑް މުހައްމަދު އަލީގެ އަތުން ކުރަހާފައިވާ 26 ކުރެހުމެއް އެމެރިކާގެ ނިއުޔޯކްގައި ނީލަންކިޔައި، ބޮޑު އަގުގައި ވިއްކާލައިފި އެވެ.

ކުރެހުންތަކުގެ ތެރެއިން ގިނަ ބަޔެއްގެ ސަމާލުކަން ލިބުނު "ސްޓިންގް ލައިކް އަ ބީ" މި ކުރެހުން ނީލަމުގައި ވިއްކާލައިފައި ވަނީ 425،000 ޑޮލަރަށެވެ. މިއީ އެ ކުރެހުން ވިކޭނެ ކަމަށް ލަފާކުރި އަގުގެ ދިހަ ގުނަ ބޮޑު އަގެކެވެ.

މުހައްމަދު އަލީ މުޅި ދުނިޔެއަށް މަޝްހޫރުވެފައި ވަނީ މޮޅު ބޮކްސިންގް ކުޅުންތެރިއެއްގެ ގޮތުގައި ނަމަވެސް އޭނާއަކީ ކުރެހުމާއި ޅެން ހެދުން ފަދަ ފަންނުވެރި ހުނަރުތައް ވެސް ހުރި ކުޅަދާނަ އާޓިސްޓެކެވެ.

އަލީއަކީ އެންމެ ކުޑައިރުއްސުރެ ވެސް ކުރެހުމަށް ޝައުގުވެރިކަން ހުންނަ ފަރާތެއް ކަމަށް ރިޕޯޓު ކުރެވިފައިވެ އެވެ. އޭނާގެ ބައްޕައަކީ ޕްރޮފެޝަނަލް އާޓިސްޓެކެވެ.

https://www.instagram.com/p/CUh7MgVIf8r/?utm_source=ig_embed&utm_campaign=loading

މި ނީލަން އިންތިޒާމު ކުރި ފަރާތުން ބުނީ އަލީގެ މަސައްކަތްތަކީ އޭނާގެ ދައުރުގައި އެކި ދާއިރާތަކުން ހުރި މައްސަލަތައް ދައްކުވައިދޭ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކަމަށެވެ.

ސްޓިންގް ލައިކް އަ ބީގެ އިތުރުން އެމެރިކާގެ ދިދަ ރަމްޒުކޮށްދޭ ގޮތަށް ކުރަހާފެއިވާ "އައި ލަވް އެމެރިކާ" އަކީވެސް މި ނީލަމުގެ ތެރެއިން ފާހަގަ ކޮށްލެވުނު ކުރެހުމެކެވެ.

އަލީ މަރުވެފައިވަނީ 2016 ވަނަ އަހަރު ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު އެވެ. އުމުރުން 74 އަހަރުގައި މަރުވި އަލީ މަރުވީ ސިކުނޑީގެ ބައްޔެއް ކަމަށްވާ ޕާކިންސަންސްގެ ސަބަބުންނެވެ.