ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހު ދުބާއީގައި ފެށި ވޯލްޑް އެކްސްޕޯގައި ބައިވެރިވުމަށް އެ ގައުމަށް ވަޑައިގަތުމަށްފަހު އެވެ. އަދި ދުބާއީ އިން ރައީސް ނަޝީދު ވަޑައިގެންފައިވަނީ ރާއްޖެއަށެވެ.
މިއަދު މެންދުރުފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވިއިރު، ރައީސް ނަޝީދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
ރައީސް ނަޝީދު ބޯޓުން ފައިބައިވަޑައިގަތުމާއެކުގައި ރައީސް ސޯލިހު އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބައްދާލައްވަ އެވެ.
އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދި، ދެ ރައީސުންގެ ދެމެދުގައި ޒާތީ މައްސަލަތަކެއް އުފެދިފައިވާ ކަމަށް އެކިފަހަރުމަތިން އެޕާޓީގެ މެމްބަރުންނާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނަމުން ދިޔަ ނަމަވެސް، މިއަދު ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމާއި އެކު ދެބޭފުޅުންގެ ކިބައިން ނުރުހުންތެރިކަން ފާޅުވާ މަންޒަރެއް ފެނިފައެއް ނުވެ އެވެ. އެހެން ނަމަވެސް އެކުވެރިކަމާއި، ދެބޭފުޅުންގެ ގާތްކަން ގިނަ ބަޔަކަށް ވަނީ ފާހަގަވެފަ އެވެ.
ރައީސް ނަޝީދާއި ރައީސް ސޯލިހު ވީއައިޕީގައި މަޑުކޮށްލައްވައި ދެ ބޭފުޅުން ވާހަކަދައްކަވަން ވެސް ތިއްބެވި އެވެ.
ރައީސް ނަޝީދު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރެއް ކަމަށް ހަބަރު ލިބެ އެވެ. އަދި މި ދަތުރުފުޅު ނިންމެވުމަށްފަހުގައި ރައީސް ނަޝީދު އަނެއްކާ ވެސް އެނބުރި ވަޑައިގަންނަވާނެ އެވެ.
ރައީސް ނަޝީދު ރާއްޖެއަށް 3 ދުވަހަށް ކުރައްވާ ދަތުރުފުޅާއިިި ގުޅިގެން ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ. އެއާޕޯޓުގައިވެސް ގިނަ އަދަދެއްގެ ސެކިއުރިޓީން ވަނީ ހަރަކާތްތެރިވެފަ އެވެ. އަދި އެމަނިކުފާނު ހުންނަވާ ހޮޓެލް ޖެންއަށް ވަޑައިގެންނެވިއިރު ކާރުކޮޅުގެ ދެ އަރިމަތިން ސެކިއުރިޓީ ގާޑުން ދުވެފައިދެ އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާ އާއި ގުޅިގެން އިނގިރޭސި ވިލާތަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. މި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދޭން އެދި ސިޓީ އެއްވެސް ހުށަހަޅާފައިވެ އެވެ. އެގޮތުން އެމަނިކުފާނަށް ދިން ހަމަލާ ފަންޑު ކުރި މީހުން ނުހޯދެނީސް ރާއްޖެ އައުމަށް ފަސްޖެހިވަޑައިގަންނަވާކަމަށް އެ ސިޓީގައި ވިދާޅުވެފަ އެވެ.
ދެއްކުންތެރީން އަބަދުވެސް އުޅޭނީ އެގޮތަށް.
ނަޝީދު ހޮޓެލް ޖެންގެ ސުއިޓެއްގައި ސަރުކާރުގެ ޚަރަދުގައި ބަހައްޓަންވީ އެޚަރަދު އެގޮތަށް ނުކުރެވޭނެއޭ ކިއެއްވެތޭ ސިފައިންގެ ތެރޭގައި ހުންނާނެއޭ ފެންވަރުގެ އެކޮމެޑޭޝަން އެތަނުގައި ނުބެހެއްޓެންވީ އެއިރުން މާބޮޑަށް ރަނގަޅު ވާނެ ނޫންތޭ އެއްގޮތަކަށް ވެސް ރައްޔިތުން ބަނޑަށް ތިއްބާ ވަކި އާއިލާ އެއްގެ ބަޔަކަށް ވުމުން ދައުލަތުގެ ޚަޒާނާ އެފަދަ އާއިލާ އަކަށް ހުސްކޮށްލަން ނުޖެހޭނެއޭ ދެން މެމްބަރަކު އިއްޒަތް ނުލިބިގެން ޝަކުވާ ކުރުމުން އެމައްސަލަ އަށް ވާންވީ ކެނެރީގެ ނަޝީދާއި އަދި އީވާ އަށް އިކްރާމް އަށް ވެސް
ކެނެރީގެ ނަޝީދަށް ހޮޓެލް ޖެން ގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްފައި ނުބެހެއްޓޭނެއޭ އެކަން އެގޮތަށް ކޮށްގެން ނުވާނެއޭ އޭނާ އަށް ސެކިއުރިޓީ ދޭން ޖެހޭނަމަ ސިފައިންގެ ތެރޭގައި ހުންނާނެއޭ ފެންވަރުގެ އެކޮމެޑޭޝަން އެތަނުގައި ކެނެރީގެ ނަޝީދު ބަހައްޓާށޭ ރައްޔިތުން ބަނޑަށް މިތިބެނީ އެކަމަކު ސަރުކާރުގެ މާލިއްޔާއިން ދުވާލަކު 1 މިލިއަން ޑޮލަރު ޚަަރަދުކޮށް ގެން ކެނެރީގެ ނަޝީދު ހޮޓެލް ޖެން ގައި ބަހައްޓަން ޖެހޭނެ އެއްވެސް ސަބަބެއް ނެތޭ ބަންޑާރަކޮށީގައި ހުންނާނެއޭ ސެކިއުރިޓީ މެކްސިމަމް ލެވެލް ގައި އެތަނަށް
ކެނެރީގެ ނަޝީދު މާލެ އައުމާއި އެކު ޖެހޭނެއޭ އިންޑިއާ ސިފައިން ރާއްޖޭން ބާލަން ރަނގަޅަށް ޕީޕީއެމް އިން މަސައްކަތް ކުރަން އަދި ހޮޓެލް ޖެން ގައި ކެނެރީގެ ނަޝީދު ހުންނައިރު އޭނާ އަށް އަޑުއިވޭ ވަރަށް ބާރަށް އެބަޖެހޭ އިންޑިއާ ސިފައިން ރާއްޖޭން ބާލަން ގޮވަން ކެނެރީގެ ނަޝީދަށް އިންޑިއާ އެމްބަސީން ހިމާޔަތް އެއް ޒަމާނެއްގައި ދިނުން އެއީ އިންޑިއާ ސިފައިންނަށް ރާއްޖެ ބަދަލުގެ ގޮތުގައި ދޭން ޖެހޭނެ އެއްޗެއް ނޫނޭ އަފްއާނިސްތާނުން އެމެރިކާ ސިފައިން ދިޔަ ގޮތަށް ވުރެން ހަޑިގޮތަށޭ އިންޑިއާ ސިފައިން މިގައުމުން
ނަޝީދު މިހާރު އެ އަދާކުރަށްވަނީ ކޮން ވަޒީފާއެއް؟ ކީއްވެ މަޖިލީހާ ރައްޔަތުން ދޫކޮށް އޭނާ ފިލަންވީއަކީ؟ އެހާ ހިތްވަރު ނެތ ރައީސް ސޯލިޙަށް އިތުބާރު ނެތް މީހެއް މިގައުމަށް އެހާބޮޑު ޚަރަދެއްގައި ގެންގުޅޭކަށް ރައްޔަތުން ބޭނުމެއްނޫނެވެ. އެކަން ރައީސް ސޯލިޙު ނަޝީދަށް ވިދާޅުވެ ދެއްވާށެވެ. ދެބޯގެރި ދުއްވަން ނުހެއްދެވުން އެދެމެވެ. ތިއީ މައުމޫނަށް ގޮޅާބޯ ގޮވައި ދެން ފޭލިވުމުން އަނެއްކާ އެމްޑީޕީ ހަރުގޭގައި މައުމޫނުގެ 30 އަހަރުގެ ތިޔޭ ޒައީމަކީ ޖަހައި ކޯލިޝަން ހެދައިގެން އަނެއްކާ ވެރިކަމަށް އާޢީ މީހުންނޫންތޯ؟
ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ ދެން އެންމެ އަވަހަށް ކުރަން ޖެހޭ ކަމަކީ އެމްޑީޕީގެ ވައުދު ނާމާގައި އޮތް އެންމެ ބަރުދަން ބޮޑު ވައުދު ކަމުގައިވާ މާލެ ސަރަހައްދުން ގޯތި ދިނުމުގެ ވައުދު ފުއްދުމަށް ޓަކައި ގުޅިފަޅުން އެއްކޮށް ގޯތި ދޭން އަދި ތިލަފުށިން ވިޔަފާރި ވެރިންނަށް ގޯތި ދޭން އަދި އުތުރު ތިލަފަޅަށް މާލޭ ކޮމާރޝަލް ހާބަރު ބަދަލު ކުރަން ނިންމާ ތިލަފުށި ކުނި ގޮނޑު ކޮށްދިއްޕަރު ފަޅަށް ބަދަލު ކޮށްލާ ތިލަފުށިން ކޮށްދިއްޕަރު ފަޅަށް ބްރިޖް އަޅަން ޗައިނާ އިން ލޯން ނަގަން ވެސް ނިންމަންވީ އެމްޑީޕީ ގައުމީ
ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުން، ފެނުނީ މުޅިން ތަފާތު މަންޒަރެއް ނަމަވެސް އެމްޑީޕީ އޮތީ ދެފެކްޝަނަށް ބެހިފައި ކަން އެއީ ޔަގީންވެ ކަށަވަރުވާ ކަމެކޭ އެކަން އެއްގޮތަކަށް ވެސް ދޮގު ނުކުރެވޭނެއޭ ދެން މަތި އޮމާން ކުރުމަށް ޓަކައި ރައީސް އިބޫ އެއާރޕޯރޓަށް ގޮސް ބައްދަލު ކުރެވިދާނެއޭ އެއީ އެކަމަކު ހަގީގަތެއް ނޫނޭ އެކަން އެގިގެންދެއެއް ނޫންތޭ ރައީސް ނަޝީދު ތަމްސީލް ކުރާ މާލެ ސަރަހައްދުގައި އެޅި ހިޔާ ފްލެޓްސް ތައް ލިބުނު މީހުން މިސަރުކާރުން ގަން ހިންގަނީ ނޫންތޭ ރައީސް ނަޝީދުގެ ފެކްޝަންގެ ބާރެއް ނެތޭ
ހާދައޭ ފޭކީ ދޯ؟ މިކަހަލަ މަންޑޭލާއެއް ދެނެއް ދުނިޔެއަށް އުފަން ނުވާނެ. 200%