ހަކުރު ބައްޔަކީ އަހަރެމެންގެ ތެރޭގައި އާންމު ބައްޔަކަށް ވާއިރު ފަރުވާތެރި ނުވެވިއްޖެނަމަ އެއީ ކޮންޓޯލް ކުރުމަށް އުދަނގޫ ވެސް ބައްޔެކެވެ. އެގޮތުން ހަކުރު ބަލި ހުންނަ މީހުން ކެއުމުގައި ހިމެނިދާނެ ބައެއް ތަކެތި ހިއްސާކޮށްލާނަމެވެ.
ޕީނަޓް ބަޓާ
ހަކުރު ބަލި ހުންނަ މީހުންނަށް ޕީނަޓް ބަޓާ އަކީ ކެއުމަށް ރަނގަޅު އެއްޗެކެވެ. އެގޮތުން ޕީނަޓް ބޭނުން ކުރުމުން އަބަދު ބަނޑު ހައި ވުމުގެ ފުރުސަތު ދުރުކޮށްދެ އެވެ. ޕީނަޓް ބަޓާއަކީ ގިނަ އަދަދަކަށް ހަށިގަނޑަށް ފައިދާހުރި މައުދަންތައް ހިމެނޭ ކެއުމެކެވެ.
ބަދަނުގެ ބާވަތްތައް
ބަދަނަކީ ފައިބާ އަދި ޕްރޮޓީން ހިމެނޭ އެއްޗަކަށް ވުމުން ގަވާއިދުން ބަދަން ބޭނުން ކުރާނަމަ ލޭގައި ހަކުރު ހިމެނޭ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކޮށްދެ އެވެ. އެހެންކަމުން އަލްމަންޑް، ވޯލް ނަޓްސް އަދި ބަދަން ފަދަ ތަކެތި ބޭނުން ކުރާ މިންވަރު އިތުރު ކުރާށެވެ.
ލޮނުމެދު
ލޮނުމެދަކީ އަހަރެމެންގެ ކެއުމުގައި ކޮންމެ ދުވަހަކުވެސް ބޭނުން ކުރެވޭނެ އެންމެ އާންމު އެއްބާވަތެވެ. ލޮނުމެދު ކެއުމުން ހަކުރު ކޮންޓްރޯލް ވުމުގެ އިތުރުން ހިތުގެ ބަލިތަކުން ދުރުކޮށް ކޮލެސްޓްރޯލް ދަށްކޮށްދެ އެވެ.