ކިޑްނީގެ މައްސަލަތަކަކީ ގިނަ ބަޔަކަަށް ދިމާވެފައިވާ ހައްލު ކުރަން އުނދަގޫ މައްސަލަ އެކެވެ. ކިޑްނީ ފެއިލްވުން ނުވަތަ ކިޑްނީގައި ހިލަ އުފެދުމަކީ ގިނަ ބަޔަކު ތަހައްމަލު ކުރަމުން އަންނަ ވޭނެކެވެ.

ކިޑްނީއަކީ ހަށިގަނޑުގެ މުހިއްމު ގުނަ ވަނަކަށް ވާއިރު ފަރުވާ ކުޑަކޮށް ނުލާ ފައިދާ ހުރި ކަނާ ގަވާއިދުން ބޭނުން ކުރާނަަމަ ފަސޭހަކާމާއި އެކު ކިޑްނީއަށް ދިމަވާ މައްސަލަ ތަކުން ދުރުވެވިދާނެ އެވެ.

ތިމާއަށް ނޭނގި ނަމަވެސް ކުރެވޭ ކުދި ކުދި ކަންކަމުން ކިޑްނީގެ މައްސަލަތަައް ދިމާވެދާނެ އެވެ. އެގޮތުން ކުޑަ ކަމުދިއުން ލަސްކުރުމާއި އެނާރޖީ ޑްރިންކް ބުއިމުގެ އިތުރުން މާ ގިނައިން ތަދު ކަނޑުވާ ބޭސްތައް ބޭނުން ކުުރުމަކީ ވެސް ކިޑްނީގެ މައްސަލަތައް ދިމާވާން މަގުފައިވާ ކަންކަމެވެ. މިފަދަ ތަކެތި ގިނައިން ބޭނުން ކުރުމުން ދުރުވުމަކީ ކިޑްނީގެ މައްސަލަތަށް ދުރުކުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެކެވެ.

ކިޑްނީގެ މައްސަލަތަކުން ދުުރުވުމަށް ބޭނުން ކުރެވިދަނެ ބައެއް ކަނާ:

ކްރޭންބެރީ

ކްރޭންބެރީގައި ގިނަ އަދަދަކަށް ވިޓަމިން ސީ، އެންޓި އޮކްސިޑެންޓްސް އަދި ފައިބާ ހިމެނެ އެވެ. އޭގެ އިތުރުން ކޭންބެރީގަކީ ހަކުރު ހިމެނޭ މިންވަރު މަދު މޭވާ އެކެވެ. އަދި ކޭންބެރީއަކީ ކިޑްނީގައި ހިމެނޭ ބެކްޓީރިއާއި ބްލެޑާގެ އެތެރެއަށް ވަންނަ ބެކްޓީރިއާ މަދު ކޮށްދިނުމަށް އެހީ ވެދޭ މެވާ އެއްވެސްމެ އެވެ.

ކެބެޖް

ކެބެޖުގައި ވިޓަމިން ކޭ، ވިޓަމިން ސީ، ވިޓަމިން ބީ6 އަދި ފައިބާ ހިމެނޭ ތަރުކާރީ އެކެެވެ. ކިޑްނީއަށް ފައިދާ ހުރި ކާނާ ތެރޭގައި ކެބެޖް ހިމެނެނީ ކެބެޖަކީ ޕޮޓެންޝިއަމް ހިމެނޭ މިންވަރު މަދު ކަނާ އަކަށް ވީމަ އެވެ.

މަޝްރޫމް

ވިޓަމިން ޑީ ގިނަ އަަދަދަކަށް ހިމެނޭ މަޝްރޫމް އަކީ ކިޑްނީގެ ބަލިތަކުން ދުރުކޮށްދިނުމަށް އެންމެ ރަނގަޅު އެއް ކަނާ އެވެ. އެގޮތުން ހަފްތާއަކު މަދުވެގެން ދެފަހަރު މަޝްރޫމް ހިމެނޭ ކެއުމެއް ކެވޭތޯ ބަލާށެވެ.

މީގެ އިތުރުން ގިނައިން ފެން ބުއިމަކީ ކިޑްނީގެ މައްސަލަތަކުން ދުރުވުމަށް އެންމެ އިސްކަމެއް ދޭން ވާނެ އެއް ކަމެވެ. އެހެން ކަމުން ފަރުވާ ކުޑަ ނުކޮށް ކޮންމެ ދުވަހަކު ވެސް މަދުވެގެން ދުވާލަކު ހަށިގަނޑަށް ފެން ބޭނުންވާ މިންވަރަށް ފެން ބޯން އާދަ ކުރާށެވެ.