ގިނަ ފަހަރު އަޅުގަނޑުމެންގެ ހަށިގަނޑާ މެދު ފަރުވާކުޑަ ކޮށްލެވޭއިރު އެއީ ސިއްހީގޮތުން ކޮން ކަހަލަ ނަތީޖާތަކެއް ނުކުމެދާނެ ކަންތައްތަކެއް ކަމާމެދު ގިނަ ބަޔަކު ވިސްނައެއް ނުލަ އެވެ. މިފަދައިން ފަރުވާ ކުޑަކޮށްލެވޭ ބައެއް ކަންކަމަކީ ތިމާގެ ސިކުނޑިއަށްވެސް އޭގެ ނޭދެވޭ އަސަރުކުރާ ކަންކަމެވެ.
ހެނދުނުގެ ނާސްތާ ނުނެގުން
ހެނދުނު ތެދުވެ ވަޒީފާއަށް ދާއިރު ގިނަ މީހުންނަކީ ރަނގަޅަށް ނާސްތާ ނުކުރާ މީހުންނެވެ. އެހެން ކަމުން ހަކަތަ ދަށްވެ ލޭގައި ހަކުރު ހިމެނޭ މިންވަރު ދަށްވެ އެވެ. ނަތީޖާއަކަށް ވަނީ ސިކުނޑިއަށް ބޭނުންވާ ވަރަށް މައުދަންތައް ފޯރުކޮށް ނުދެވި ސިކުނޑީގެ މަސައްކަތްތައް ދަށްވުމެވެ.
މާގިނައިން ހަކުރު ބޭނުން ކުރުން
މާގިނައިން ހަކުރު ބޭނުން ކުރުމުން ސިކުނޑިއަށް ބޭނުން ވާވަރަށް ޕްރޮޓީން އަދި އެހެން މައުދަންތައް ފޯރުކޮށް ދިނުމަށް ބުރޫ އަރަ އެވެ. މިކަމުގެ ސިކުނޑި އިތުރަށް ތަނަވަސްވުމަށް ހުރަސް އެޅެ އެވެ.
ނިދި ހަމަ ނުކުރުން
ކޮންމެ ދުވަހަކު ސިކުނޑި އެތައް މަސައްކަތެއް ކުރާއިރު އެއަށް ބޭނުންވާ ވަރަށް އަރާމު ވެސް ދޭން ވާނެ އެވެ. ހަމައަށް ނިދި ނުލިބުމަކީ ސިކުނޑީގެ ސެލްތައް ހަލާކުވުމަށް މެދުވެރިވާ ކަމެކެވެ. ނިދާއިރު ބޯމަތީގައި ބާލީސް އަޅައި ނިވާކޮށްގެން އޮތުމުން ސިކުނޑިއަށް އޮކްސިޖަން ލިބުން ދަތިވެ ސިކުނޑިއަށް ގެއްލުންވެ އެވެ.