އެޕްލަ ސައިޑާ ވިނެގާއަކީ ސިއްހީ އެކި މައްސަލަ ހުންނަ މީހުން ގިނައިން ބޭނުންކުރާ އެއްޗެކެވެ. ދިވެހިންގެ ތެރޭގައި ވެސް މިއީ އާންމު އެއްޗެކެވެ. އެހެން ކަމުން އެޕަލް ސައިޑާ ވިނެގާ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ފަސް ކަމެއް މި ލިއުމުގައި ހިމަނާ ލާނަމެވެ.
ކަރުގައި ރިއްސުން
ކަރުގައި ރިއްސާނަމަ ނިދުމުގެ 1 ގަޑި އިރުކުރިން 1 ސަމުސާ އެޕަލް ސައިޑާ ބޭނުން ކުރާށެވެ. އެއަށްފަހު 30 މިނެޓް ފަހުން އަދި ނިދުމުގެ ކުރިން 1 ސަމުސާ ބޭނުން ކުރާށެވެ.
އަނގައިން ނުބައިވަސް ދުވުން
އަނގައިން ނުބައި ވަސް ދުވާނަމަ އެޕްލަ ސައިޑާ ވިނެގާ ބޭނުން ކުރުމުން ވަރަށް އަވަހަށް ތިކަމުން ސަލާމަތް ވެވިދާނެ އެވެ. ސަބަބަކީ އެޕްލަ ސައިޑާ ވިނެގާ އަނގަ ތެރޭގައި ހުންނަ ބެކްޓީރިއާތައް ވަރަށް އަވަހަށް ނައްތާލަ އެވެ.
ބަނޑުގައި ވައިހެދުން ނުވަތަ އެސިޑިޓީ
މިއިން އެއްވެސް ކަމެއް ދިމާވާނަމަ ކޮންމެ ރެޔަކު ނިދުމުގެ ކުރިން ފެން ތައްޓަކަށް 1 ސަމުސާ އެޕްލަ ސައިޑާ ވިނެގާ އަޅާއިގެން ބޭނުން ކުރާށެވެ.
ފައިގައި ރިއްސުން
އެޕްލަ ސައިޑާ ވިނެގާގައި ގިނަ އަދަދަކަށް ޕޮޓެންޝިއަމް ހިމެނެ އެވެ. އެހެން ކަމުން ފައިގައި ރިއްސާ މީހުންނަށް މިއީ ރަނގަޅު ބޭހެކެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރިން ހޫނު ފެނަށް ދެ ސަމުސާ އެޕްލަ ސައިޑާ ވިނެގާ އެއްކޮށްގެން ބޯށެވެ. ގާތްގަނޑަކަށް ހަފްތާއެއްގެ ތެރޭގައި ރިހުން ލުއި ވާނެ އެވެ.
ބަނޑު ހިކުން
ބަނޑު ހިކޭ ނަމަ އެއް ސަމުސާ އެޕްލަ ސައިޑާ ވިނެގާއެކު ކުޑަ މާމުއި ކޮޅެއް ފެނާ އެއްކޮށްގެން ކޮންމެ ރެއަކު ނިދުމުގެ 30 މިނެޓް ކުރިން ބޯލާށެވެ.