ޗީޒްއަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ އެއްޗެކެވެ. ކޮންމެ ކަހަލަ ކެއުމެއް ވިޔަސް އެއަށް ޗީޒްކޮޅެއް އިތުރު ކޮށްލުމުން ދޭ ރަހަވެސް ފުރިހަމަވެ އެވެ. އެކަމަކު އެއީ ސިއްހަތަށް ރަގަނޅު އެއްޗެއްތޯ ކުރެވޭ ސުވާލެވެ. އެ ސުވާލުގެ ޖަވާބުން ގިނަ ބަޔަކަށް އުފާވެރިކަން ގެނެސްދޭނެ އެވެ.

ޗީޒްއަކީ ސިއްހަތަށް ފައިދާ ހުރި އެއްޗެކެވެ. މިނެއްގެ ތެރެއިން ކެއުމުގައި އެ ހިމަނާ ނަމައެވެ. ކޮންމެ ބާވަތެއްގެ ކާނާއަކީ ވެސް ކިތަންމެ ސިއްހަތަށް ފައިދާ ހުރި އެއްޗެއް ކަމަށް ވިޔަސް ކާންވާ ވަރަށް ވުރެ ގިނައިން ކެއުމުން ސިއްހަތަށް ގެއްލުންވާނެ އެއްޗެކެވެ. އެގޮތުން ޗީޒް ވެސް ވަނީ ހަމަ އެހެންނެވެ.

ޗީޒްއަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. އެގޮތުން މުހިއްމު މައުދަންތަކެއް ހިމެނޭއިރު ކެލްސިއަމް، ޕްރޮޓީން، ވިޓަމިން ބީ12 އަދި ޒިންކް ހިމެނެ އެވެ. އެކަމަކު މާ ގިނައިން ޗީޒް ބޭނުން ކުރަން ފަށައިިފިނަމަ ވަރަށް އަވަހަށް ހަށިގަނޑުގައި ކެލޮރީ ގިނަވެ ބަރުދަން އިތުރުވުމަށް މަގުފަހިވެ އެވެ.

އެކަޑަމީ އޮފް ނިއުޓްރިޝަން އެންޑް ޑައިޓެޓިކްސް ގެ ޑައިޓިޝަންއެއް ކަމަށް ވާ ކެލީ ބުނީ މަޑުކޮށް ހުންނަ ޗީޒްގައި ކެލޮރީޒް ހުންނަނީ މަދުން ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް ދެ މޭޒުމަތީ ސަމުސާގެ ހޯލް ޗީޒްގައި 50 ކެލޮރީ، މޮޒޮރެއްލާގައި 85 ގްރާމް ކެލޮރީ، ސްވިސް ޗީޒްގައި 108 ގްރާމް އަދި ޗެއްޑާ ޗީޒްގައި 114 ގްރާމް ކެލޮރީ ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

އެންމެ މަދުން ފެޓް ހިމެނެނީ ކޮޓޭޖް ޗީޒްގަ އެވެ. އެއީ ކޮންމެ ސަމްސަލެއްގައި އެއް ގްރާމެވެ.

އެހެން ކަމުން ކެއުމުގައި ޗީޒް ވަކި މިންވަރެއްގައި ހިފެހެއްޓުމަކީ އެއިން ސިއްހަތަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެކެވެ.