ބަނޑުގައި ރިއްސާ، ހަޖަމު ކުުރުމުގެ ނިޒާމަށް މައްސަލަ ޖެހުމަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އާންމުކޮށް ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން ގޮހޮރު މައްސަލަތަކާ ކުރިމަތިވެ ބަނޑުގައި ބެކްޓީރިއާ އުފެދުމަށް ފުރުސަތު ހުޅުވެ އެވެ.
އެގޮތުން ބަނޑު ސާފުކުރުމަށް އަމިއްލައަށް ވެސް ގޭގައި މަސައްކަތް ކުރެވިދާނެ އެވެ. ތިރީގައި މިވާ ކާނާ ކެއުމުގައި ހިމަނައިގެން ނަތީޖާ ހޯދިދާނެ އެވެ.
އޮރެންޖް
އޮރެންޖަކީ ބަނޑުތެރެ ސާފުކޮށް ކާނާ ހަޖަމް ކުރުމަށް އެހީވެދޭ މޭވާ އެކެވެ. ހަމަ އެހެންމެ ކާނާ ހަޖަމް ވާއިރު ހަށިގަނޑު ހަމަޖައްސާފައި ބެހެއްޓުމަށްވެސް އޮރެންޖެ އެހީވެދެ އެވެ. މީގެ އިތުރުން އޮރެންޖަކީ ވިޓަމިސް ސީ އަދި އަލްކަލިން ހިމެނޭ މޭވާއެއް ކަމުން ދިފާއީ ނިޒާމް ރަނގަޅުކޮށްދީ ހަށިގަނޑުގައި ހުންނަ ޖަރާސީމުއް ފިލުވާދެ އެވެ.
ލޮނުމެދު
ގިނަ ބަޔަކަށް ލޮނުމެދަކީ މާ ކަމުދާ އެއްޗެއް ނޫނެވެ. ގިނަ ފަހަރަށް މިއީ ތަށީގެ އެއްފަރާތެއްގައި ބޭއްވޭ އެއްޗެކެވެ. އެހެންނަމަވެސް ލޮނުމެދަކީ އޭގައި އެތައް ސިއްހީ ފައިދާތަކެއް އެކުލެވިގެންވާ ގުދުރަތީ ބޭހެކެވެ. އެގޮތުން ލޮނުމެދު ކެއުމުން ގޮހޮރު ސާފުކޮށްދީ ބެކްޓީރިއާ ފަންގަސް ފަދަ ހަށިގަނޑަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް އެހީވެދެ އެވެ.
ސްޓްރޯބެރީ
މިއީ ވެސް އޮރެންޖުން ލިބޭ ފައިދާތައް ލިއްބައިދޭ މޭވާ އެކެެވެ. އޭގެ އިތުރުން ސްޓްރޯބެރީއަކީ ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްސް ހިމެނޭ މޭވާއެއްކަމުން ބަނޑުގައި އުފެދޭ ބެކްޓީރިއާއި ޖަރާސީމު ނައްތާލުމަށް ބޮޑު ދައުރެއް އަދާކުރެ އެވެ.