ލަދުވެތިކަމަކީ އަހަރުމެންގެ މުޖުތަމައުގައި މަދުން ނަމަވެސް މަލާމާތް ރައްދުވާ ސިފަ އެކެވެ. ނަމަވެސް އެ ސިފައަކީ އަމިއްލަ ނަފްސުގެ ކުރިއެރުމަށްޓަކައި ކިހާ ފައިދާހުރި ސިފައެއްކަން އޮންނަނީ ނޭނގި އެވެ.

އެހެންމީހުންނާއި ރަޙްމަތް ތެރިކަން ބާއްވާ ގުޅުން ބަދަހިކުރުން

ލަދުރަކިކަން އާދައިގެ މިންވަރަކަށް ހުންނަ މީހެއްނަމަ، ތިމާގެ ވެށީގައި ދިރިއުޅޭ ފަރުދުންނާއި ގުޅުން ބަދަހިކުރަން ވަރަށް ފަސޭހަވާނެ އެވެ. އަދި ގުޅުންތައް ދަމަހައްޓަން ބާރު އަޅާނެ އެވެ. ހަމަ އެއާއެކު މިކަމަކީ އެމުޖުތަމައެއްގައި ތިމާގެ ދިރިއުޅުން ކުރިއަރައިގެން ދާނޭކަމެއް ވެސްމެ އެވެ.

އިތުބާރުކުރެވި އަމިއްލަ މަސައްކަތްތައް ކުރުމުގައި ކާމިޔާބުވުން

ބައެއް ވަޒީފާ ތަކަކީ އެކަހެރި މާހައުލެއްގައި، އަމިއްލަ ވިސްނުން ވަރަށް ބޮޑަށް ބޭނުންކުރަންޖެހޭ ވަޒީފާ ތަކެވެ. މިފަދަ ލަދުރަކި ގޮތެއް ހުންނަ މީހެއްނަމަ، އެހެން މީހުންގެ ފަރާތުން ލިބިދާނެ ހުރަހަކުން ރައްކާތެރިވެ، އެމީހެއްގެ ހުނަރާއި ޤާބިލިއްޔަތު މިފަދަ މަސައްކަތަކުން ވަރަށް ފުރިހަމަ އަށް ހާމަކޮށްލާނެ އެވެ.

ގޮންޖެހުން ތަކުން އަރައިގަނެވުން

އާއްމުގޮތެއްގައި ތިމާއަކީ ލަދުރަކި މީހެއްނަމަ ގިނަ ގޮންޖެހުން ތަކާ ކުރިމަތިވުން އެކަށީގެންވެ އެވެ. އެހެން ނަމަވެސް މިފަދަ އުނދަގޫ އިހްސާސް ތަކުން އަރައިގަންނަން މިމީހުންނަށް އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ލަދުރަކި ކަމާދެކޮޅަށް މަސައްކަތް ކުރުމެވެ. އޭރުން ދަތި އުނދަގޫ ހާލަތް ތަކުގައި އަމަލު ކުރާނެގޮތް އެނގިގެން ދާނެ އެވެ.

ތަޖުރިބާ ކާމިޔާބަށް ވާސިލްކޮށްދިނުން

ދިރާސާތަކުން ދައްކާ ގޮތުގައި، ލަދުރަކި މީހުންގެ ސިކުނޑި ރަނގަޅާއި ނުބައި “ސްޓިމިއުލައި” އަށްވެސް ނުހަނު އަވަހަށް މަސައްކަތް ކުރެ އެވެ. މީގެ މާނައަކީ އުނދަގޫ މަރުހަލާ އަކާއެކު ހީނުކުރާ ކަހަލަ ރަނގަޅު ކާމިޔާބީއެއްވެސް ލިބުން ގާތެވެ. ވުމާއެކު ތިމާގެ ލަނޑުދަނޑިއަށް ވާސިލްވުމަކީ ނުހަނު ކައިރިގައި ވާ ކަމެކެވެ.