ސިޔާސީ ނުފޫޒުން ސިފައިން އެއްކިބާކުރަން އާ އުސޫލުތަކެއް މިއަދު ތައާރަފުކޮށްފި އެވެ.
އަލަށް އެކުލަވާލި ސިފައިންގެ އަސްކަރީ އަދުލުގެ ނިޒާމް އިފްތިތާހު ކުރީ ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަސްކަރީ އަދުލުގެ ނިޒާމަކީ، ސިޔާސީ ނުފޫޒުން ދިވެހި ގައުމީ ދިފާއީ ބާރު އެއްކިބާކޮށް، ރޫލްސް-ބޭސްޑްކޮށް، ކަނޑައެޅި ލިޔެފައިވާ ވަކި އުސޫލުތަކެއްގެ މަތިން ރާވައި، ސިފައިންނާމެދު ޢަދުލުވެރިކޮށް ކަންކަންކުރުމަށް ބާރުއަޅާ، ތަރުތީބުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުން ކަނޑައެޅުއްވި އަޒުމް ޙާސިލްކުރުމަށް ކުރި މަސައްކަތުގެ ނަތީޖާކަމަށެވެ.
މިނިސްޓަރު މާރިޔާގެ ވާހަކަފުޅުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން، ސިފައިންގޭގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެ، މުޅި މުއައްސަސާ އޮތީ ގަޑުބަޑުވެފައި ކަމަށް ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ދައުލަތުން އެތައް ޚަރަދުކޮށްގެން، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ތަމްރީނުކޮށް، ތައްޔާރުކޮށްފައި ތިބި ބައެއް ސިފައިން، ނެޗުރަލް ޖަސްޓިސް ޕްރިންސިޕަލްސްއާ ޚިލާފަށް ވަޒީފާއިން ވަކިކޮށް، ސިފައިން ސިޔާސީ ހަތިޔާރުގެ ގޮތުގައި ބޭނުންކުރުމުގެ ނަތީޖާއަކަށްވީ، ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލި، އާންމުންގެ ކުރިމަތީގައި ސިފައިންގެ އަގުވެއްޓުން ކަމަށެވެ. އަދި ކަމަށް ގާބިލް، ކިޔަވައިގެން ތިބި ސިފައިން ގައުމުގެ ދިފާއީ ބާރުން ވަކިވެގެންދާންޖެހުމަކީ ހަމައެކަނި އެ ސިފައިންނަށް ލިބޭ ނިކަމެތިކަމެއް ނޫން ކަމަށާއި އެއީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ވެސް ލިބޭ ނިކަމެތިކަމެއްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ ތިން އަހަރު ކުރިން، ދިވެހި އަސްކަރިއްޔާ ޕްރޮފެޝަނަލައިޒްކޮށް، ޑިމޮކްރަޓައިޒްކުރުމަށް ސަރުކާރުން ފެށްޓެވި މަސައްކަތަށް ލިބިގެން މިދިޔައީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ، އެމްއެންޑީއެފްގެ ލޯޔަރުންގެ ޓީމުގެ ފަންނީ ލަފަޔާއި ތަޖުރިބާޔާއެކު، ވަރަށް ބުރަކޮށް މަސައްކަތްކުރައްވައިގެން ތައްޔާރުކުރައްވާފައިވާ އެ ޑޮކިޔުމެންޓަކީ އެމްއެންޑީއެފްގެ ތާރީޚުގައި ފާހަގަކުރެވޭނެ އިތުރު ބާބެއް ކަމަށެވެ.
މާރިޔާ ވަނީ، އެ ޑޮކިއުމަންޓް ތައްޔާރުކުރުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ލޯޔަރުންގެ ޓީމަށް އިހްލާސްތެރިކަމާއެކީ ޝުކުރު އަދާކުރައްވާފަ އެވެ.
ނެޗުރަލް ޖަސްޓިސްގެ އަސާސްތަކުގެ މައްޗަށް ބިނާކޮށް އަދި އިންސާނީ ހައްގުތަކާއި ކަރާމާތަށް އިހުތިރާމް ނުގެއްލޭނެހެން، ވީހާވެސް އިންސާފުވެރިކޮށް އަދި ދެ ފުށްފެންނަ ގޮތަށް ސިފައިންގެ ކަންކަން ނިންމުމަށް މަގުފަހިކުރާ މިނިޒާމުގެ ތެރެއިން، ސިފައިންނަށް ކުރިން ކުރިމަތިލާންޖެހުނު ވަޒީފާ ގެއްލުމުގެ ބިރުވެރިކަން، ނިމުމަކަށް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ބައެއް ނޫސް ސަރުކާރުގެ އަތުން ކަޓް ކައިގެން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި އެއްކޮޅަށް އެމެން ދަނީ ކެމްޕެއިން ކުރަމުންނޭ އެގޮތުން އެމެން ދަނީ އިންޑިއާ އަށް ތާއީދު ކޮށް ކޮރަޕްޓް އާރޓިކަލްސް ތައް ލިޔަމުންނޭ އަދި މިހާރު ނޫހާއި ވަގުތު ނޫހަކީ އެއީ އިންޑިއާ އާއި ދެކޮޅަށް ކުރާ ކޮމެންޓްސް ތައް ޕަބްލިޝްކުރާ ވެސް ނޫސް ތަކެއް ނޫނޭ އެއީ ވަރަށް ކޮރަޕްޓް ނޫސް ތަކޭ މިދެނޫސް އެއީ ދިވެހިރައްޔިތުންނަށް ހެޔޮ އެދޭ ނޫސް ތަކެއް ނޫނޭ ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯން ރިއަލީ ކެެއަރ
ސިޔާސީ ނުފޫޒުން ސިފައިންގެ މިނިވަން ކުރުމަށް ޓަކައި ސިޔާސީ މަގާމް ގައި ހުރި މާރިޔާ ޖެހޭނީ އިސްތިއުފާ ދޭންއޭ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
ޑިފެންސް މިނިސްޓަރު ކަމުން މާރިޔާ އިސްތިއުފާ ދޭންވީއޭ އޭނާއޭ ބުނީ ރާއްޖޭގެ ސިފައިންނަކީ އެއީ ފިދަނަ ތަކެއް ކަމަށް މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ މާރިޔާ ބޭރުކުރޭ