ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޭސަން މަމޯއާ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

2018 ވަނަ އަހަރު ރިލީޒް ކުރި "އަކުއަމޭން" ލީޑް ރޯލުން ފެނިގެން ދިޔަ ޖޭސަން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޓިމޮތީ ޝަލަމޭ އަދި ޒެންޑަޔާގެ "ޑޫން" ފިލްމުގެ ޕްރިމިއާއަށް ލަންޑަނަށް ދިއުމަށް ފަހު އެނބުރި އައި ފަހުނެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ޖޭސަން ވަނީ ބުނެފަ އެވެ.

https://www.instagram.com/p/CVdUxNtsU2q/

ޖޭސަން ކޮވިޑަށް ޕޮޒިޓިވްވެފައި މިވަނީ "އަކުއަމޭން"ގެ ދެވަނަ ފިލްމު، "އަކުއަމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް"ގެ ޝޫޓިން ކުރިއަށް ގެންދަނިކޮށެވެ. މިއާއެކު މިފިލްމުގެ ޝޫޓިންތައް ފަސްކުރުމަށް ވަނީ ނިންމާފަ އެވެ.

މި ފިލްމުން ޖޭސަން އާއެކު ލީޑު ރޯލުން ފެނިގެންދާނީ އެމްބާ ހާޑް އެވެ.

https://www.youtube.com/watch?v=WDkg3h8PCVU

"އަކުއަމޭން" އަކީ ބޮކްސް އޮފީހުން ބޮޑު ކާމިޔާބެއް ހޯދާފައިވާ ފިލްމަކަށްވާއިރު މިއީ ކަނޑު އަޑީގެ ރަސްގެފާނުގެ ވާހަކައެއް ދައްކުވައިދޭ ފިލްމެކެވެ.