ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިއްމު ކެއުންކަން އަހަރުމެންނަށް އެނގެ އެވެ. ނަމަވެސް އެ ކެއުމުގައި ހިމެނޭ ކާނާގެ ސަބަބުން އެއިން ކުރަންވާ އެންމެ ރަނގަޅު ފައިދާ ނުކުރުމަކީ އެކަށީގެންވާ ކަމެކެވެ.
މި ލިޔުމުގައި މި ބަލާލަނީ ހެނދުނުގެ ނާސްތާގެ މުހިއްމު ކަމާއި އެ ނާސްތާ ކުރަން ރަނގަޅު ގޮތްގޮތަށެވެ.
ހެނދުނު ބޭނުންކުރުމަށް ރަނގަޅު ބައެއް ނާސްތާތަކުގެ ތެރޭގައި:
- ބްރައުން ބްރެޑާއި ޕީނަޓް ބަޓާ ނުވަތަ އެވަކާޑޯ އާއި ބޯވެލިފަތުގެ ސެލެޑް
- ތާޒާ މޭވާ
- ޗީސްއާއި ޔޯގަޓް
- ކޯންފްލެކްސް އާއި ލޯ ފެޓް ކިރު
- ބްރައުން ބްރެޑް އަދި ފެނުކެއްކި ބިސް
ދުވަސް ފެށުމުގެ ގޮތުން ކުރެވޭ ރަނގަޅު ނާސްތާއަކުން އެ ދުވަހުގެ ހަކަތަ އިތުރުކޮށްދެ އެވެ. ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދީ ހަނދާން ވަރުގަދަކޮށްދިނުމަށް އެހީތެރިވެދެ އެވެ. އަދި ޓައިޕް 2 ޑައިބެޓީސްއިން ރައްކާތެރިވުމަށް އެހީވެދިނުމުގެ އިތުރުން ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދެ އެވެ.
ހެނދުނުގެ ނާސްތާ މުހިއްމުވާ އެހެން ސަބަބުގެ ތެރޭގައި ރޭގަނޑު ގިނައިރު އެއްޗެހި ނުކައި ނުބޮއި ނިދުމުގެ ތެރޭގައި ހޭދަވާ ވަގުތުތަކުގައި ހަށިގަނޑުގެ ތެރޭގައި ހުންނަ ހަކަތައިން އެބޭނުންކުރާ ބައި އިޔާދަކުރުން ހިމެނެ އެވެ.
އެހެން ކަމުން ދުވަހުގެ އަވަދިނެތި އުޅޭ އުޅުން ފެށުމުގެ ކުރިން ސިއްހަތަށް ފައިދާހުރި ރަނގަޅު ނާސްތާއެއް ކުރަން އާދަ ކުރައްވާށެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ކަމުން އަމްޖަދު އިސްތިއުފާދެއްވައިފި
ދައުލަތުގެ ވެރިޔާއަށް ނަޝީދު، ސަރުކާރުގެ ވެރިޔާއަށް ފައްޔާޒު!
"ލާހޯރް 1947"ގެ ނަން ބަދަލު ކުރަނީ!